ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 08:48
މައި ޑިޒައިނުން ތައްޔާރުކޮށްފައިވާ މާސްކުތަކެއް
މައި ޑިޒައިނުން ތައްޔާރުކޮށްފައިވާ މާސްކުތަކެއް
މައި ޑިޒައިންގެ ތަފާތު މާސްކުތައް
މާސްކު އަޅައިގެން ތުނބުޅީގެ ބައްޓަން ގެއްލޭތީ ހާސްވާނެ ކަމެއް ނެތް، މައި ޑިޒައިނުން ތިކަން ހައްލުކޮށްދޭނެ!
 
މައި ޑިޒައިންގެ މާސްކު ތަކަަކީ ކޮލެޓީ ރަނގަޅު މާސްކުތަކެއް
 
ބޭނުންވާ ކުލައެއްގެ މާސްކު މައި ޑިޒައިން އިން ލިބޭނެ
 
މައި ޑިޒައިން އިން ހުރިހާ އުމުރު ފުރާއަކަށް މާސްކު ފަހާދޭ

ދިވެހި ފިރިހެނުންނަކީ އެމީހުންގެ ތުނބުޅި ތަފާތު ގޮތްގޮތަށް ބެހެއްޓުމަށް ޝައުގުވެރިވާ ބައެކެވެ. އެއްބަޔަކު ކުރުކޮށް ކޮށާފައި ތުނބުޅި ބެހެއްޓި ނަމަވެސް، ތުނބުޅި ދިގުކޮށް، ވަކި ބައްޓަމަކަށް ތުނބުޅި ބަހައްޓާ ފިރިހެނުން ރާއްޖެގައި މަދެއް ނޫނެވެ. ތުނބުޅިއަށް ގޮތެއް ވެއްޖެ ނަމަ އެކަމެއް ހައްލުވަންދެން އެކަމާއި މެދު ވިސްނާ ފިކުރު ކުރާނެއެވެ.

ކޮވިޑް-19 އާއި އެކު މާސްކުއަޅަން މަޖުބޫރުކުރުމާއި އެކު، އަންހެނުންގެ މޭކަޕް ހަޑިވާނެތީ ކުރިމަތިވި ކަންބޮޑުވުންތަކާއި އެކު ފިރިހެނުންގެ ތުނބުޅީގެ ބައްޓަން ގެއްލިދާނެތީ އައި ކަންބޮޑުވުންތައްވެސް އެހާމެ ގިނައެވެ. މިކަމަށް ހައްލެއް ހޯދައިދީފައި މިވަނީ ސުދޫގެ "މައި ޑިޒައިން" އެވެ.

ސުދޫ މާސްކު ފަހަން ފެށީ ތުނބުޅީގެ ބައްޓަން ނުގެއްލޭނެ ގޮތަށް މާސްކު ފެހުމުގެ ވިސްނުމުގައެއް ނޫނެވެ. އެންމެ ފުރަތަމަ ސުދޫ މާސްކު ފަހާދިނީ އޭނާގެ ދަރިފުޅަށެވެ. ދެން އާއިލާގެ އެހެން ކުދިންނަށް، އަދި ރައްޓެހިންނަށް މާސްކު ފަހާދޭން ފެށިއެވެ.

މައި ޑިޒައިން އިން ފަހާފައިވާ ކުޑަކުދިންގެ މާސްކުތަކެއް

ސުދޫގެ މާސްކުތަކުގެ ފޮޓޯތައް އޭނާގެ އެފްބީ ޕޭޖް، މައި ޑިޒައިން އަށް ލުމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ސުދޫއަށް އޯޑަރު އަންނަން ފެށިއެވެ. މައި ޑިޒައިންގެ މާސްކެއް ފެންނަ ކޮންމެ ފަރާތެއްވެސް އެކަހަލަ މާސްކެއް ބޭނުންވެއެވެ.

އަޖުމަ ބަލާލަން އެއް މާސްކު ގަނެގެން ގޮސް މާގިނަ ދުވަސްތަކެއް ނުވެ އިތުރު މާސްކުތައް ގަންނަން ކަސްޓަމަރުން އާދެއެވެ. މިހާރު މައި ޑިޒައިންގެ މާސްކު ނޫން މާސްކެއް އަޅަން ބޭނުން ނުވާ އެތައް ކަސްޓަމަރުންނެއް ތިބި އިރު، އަތޮޅުތެރޭގެ ރަށްތަކުންވެސް ބޭނުން ވަނީ ސުދޫގެ މައި ޑިޒައިންގެ މާސްކުތަކެވެ.

މައި ޑިޒައިންގެ މާސްކުތަކަށް އޮތް ޑިމާންޑު ރާއްޖެ އާއި ހަމައިން ނުނިމޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސުދޫގެ މި މާސްކުތައް ވަނީ މިހާރު ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޯ، ލަންކާ އަދި ދުބާއި ފަދަ ގައުމުތައް ހިމެނޭ އިރު، ދިވެހިންގެ ތެރޭގައި މައި ޑިޒައިންގެ މި މާސްކުތަކަށް އޮތް ޑިމާންޑު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މާސްކުތަކަށް އޮތް ޑިމާންޑު އިތުރުވާން ފެށުމާއި އެކު ސުދޫގެ ދައްތަ އާއި ކޮއްކޮމެންގެ ފަރާތުން މިކަމުގައި ގިނަ އެހީތަކެއް ލިބޭ އިރު، މާސްކު ފަހައި ވިއްކުން މިހާރު ވެފައި މި އޮތީ ހަތަރު މެންބަރުން ވެގެން އެކުގައި ވަގުތު ހޭދަކޮށްލަން ވެސް ކުރާ ކަމަކަށެވެ.

ފަތިސް ނަމާދު ކޮށް އަވަދިވެގެން ސުދޫ އާއި އޭނާގެ ދައްތަ ލަތީ، މާސްކު ފެހުމުގެ ކަންތައް ފަށާއިރު، ކޮއްކޮ އައިންތުއާއި އައިޝާއަށް ފަހަން ނޭގުނަސް، ސުދޫގެ ވިޔަފާރީގައި އެހީތެރިވުމުގައި އެދެމައިން ފަހެއް ނުޖެހެއެވެ. ދައްތަމެންނަށް އަތް ގާތް ކޮއްލަދީ، އެހީތެރުވުމަށް އަބަދުވެސް އައިންތު ތައްޔާރަށް ހުއްނަ އިރު، އައިޝާ ދަނީ މާސްކުތަކަށް އަންނަ ގިނަ އޯޑަރުތައް ދައްތަ މެންނަށް ފަސޭހަވާނެ ގޮތަކަށް ނޯޓުކޮށް، ވިޔަފާރި ފުޅާކުރުމަށް ކޮށްދެވޭނެ ކަންތައް ކޮށްދެމުންނެވެ.

ސުދޫ އާއި އޭނާގެ ދައްތަ އަދި ކޮއްކޮމެން މާސްކު ފެހުމުގެ ކަންތަކުގައި ހަރަކާތްތެރި ވަނީ

އާއިލާގެ ކުދިންނަށް ބޭނުންވާ މާސްކު ފަހާދިނުމަށް ސުދޫ ފެށި މަސައްކަތް މިހާރު އާމްދަނީ ލިބޭ ވިޔަފާރިއަކަށް ވެފައިވާ އިރު، ސުދޫގެ މާސްކުތަކުގެ ކޮލެޓީއަށް ބަދަލެއް ނާދެއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ސުދޫ މާސްކު ފެހި ފޮތީގައި އެ ޝައުގުވެރިކަމާއި އެކު މިހާރުވެސް މާސްކުތައް ފަހަމުން އަންނަ އިރު، ކަސްޓަމަރުން ބޭނުންވާ ސައިޒެއްގެ ބޭނުންވާ ޑިޒައިނެއްގެ މާސްކު އެ ބޭނުންވާ ކުލައަކުން މައި ޑިޒައިނުން ފޯރުކޮށްދޭނެއެވެ.

އަންހެނުންގެ ބުރުގާއި ހެދުމާއި ގުޅޭ ކުލައެއްގެ މާސްކު މައި ޑިޒައިނުން ލިބެއް ހުންނަ އިރު، ފިރިހެނުންގެ ތުނބުޅީގެ ބައްޓަމަށް މާސްކު ކަސްޓަމައިޒް ކޮށްދިނުމަކީ މައި ޑިޒައިނަށް މާ އުނދަގޫކަމެއް ނޫނެވެ.

މީގެ އިތުރުން އާންމުކޮށް އަޅައި އުޅޭ މާސްކުތަކުގެ އިތުރުން ހަފްލާތަކަށް ހާއްސަ މާސްކުތައް މައި ޑިޒައިނުން ފަހާ ދޭއިރު، ކައިވެނި ހަފްލާތަކަށް، ބްރައިޑް އެންޑް ގްރޫމްގެ މާސްކުގެ އިތުރުން، ބްރައިޑްސް މެއިޑްސް އާއި ގްރޫމްސްމެންގެ މާސްކުވެސް މައި ޑިޒައިނުން ލިބެއެވެ.

މައި ޑިޒައިން އިން ފަހާފައިވާ ލޭސް މާސްކު ސެޓެއް

މައި ޑިޒައިންގެ މާސްކުތަކަކީ ބަލާލަން ރީތި، އަޅާލަން ފަސޭހަ މާސްކުތަކަކަށް ވާއިރު، އެއް ފަހަރުވެސް މައި ޑިޒައިންގެ މާސްކެއް އެޅިއްޖެ ނަމަ ދެން އެހެން އެއްވެސް މާސްކެއް އަޅާ ހިތެއް ނުވެއެވެ. އަނެއްކާވެސް އޯޑަރު ދެވެނީ ހަމަ ސުދޫގެ މައި ޑިޒައިން މާސްކަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
15%
54%
15%
0%
15%
0%
ކޮމެންޓް