ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 23:59
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވަކީލު ރޫޑީ ގިއުލިއާނީ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވަކީލު ރޫޑީ ގިއުލިއާނީ
ގެޓީ އިމޭޖަސް
އެންވައިއެސްބީއޭ އިން ޓްރަމްޕްގެ ވަކީލު ވަކިކުރުން
ނިއު ޔޯކް ސްޓޭޓް ބާ އެސޯސިއޭޝަނުން ޓްރަމްޕުގެ ވަކީލު ވަކިކުރުމަށް ހުށައަޅައިފި
 
ޖެނުއަރީ ހަ ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ރޫޑީގެ އަތެއް ވާކަމަށް ވާހަކަތައް ދެކެވޭ
 
ފާއިތުވެ ދިޔަ މަސްތަކުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރޫޑީ މަސައްކަތްކުރި ކަމުގެ ޝަކުވާތައް ވަނީ ލިބިފައި

ނިއު ޔޯކް ސްޓޭޓް ބާ އެސޯސިއޭޝަން (އެންވައިއެސްބީއޭ) އިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވަކީލު ރޫޑީ ގިއުލިއާނީ ވަކިކުރަން ހުށައަޅައިފިއެވެ.

ހޯމަ ދުވަހު އެންވައިއެސްބީއޭ އިން މި ހުށައެޅުން ހުށައަޅާފައި ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާއި ޓްރަމްޕްއަށް ފައިދާވާނެ ގޮތަށް ނަތީޖާ އަނބުރާލަން ރޫޑީ މަސައްކަތްކުރަމުންދާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާތީ ކަމަށް އެއެސޯސިއޭޝަނުން ފާހަގަކުރެއެވެ. އަދި ޖެނުއަރީ ހަ ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ވެސް ރޫޑީގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތަކާއި އެކު އެސޯސިއޭޝަނުން ރޫޑީ ވަކިކުރެވެން ޖެހޭ ކަމަށް އެންވައިއެސްބީއޭ އިން ދެކެއެވެ.

އެންވައިއެސްބީއޭ އަކީ ވޮލެންޓަރީ ބާއެއް ކަމުން ބާއިން ރޫޑީ ވަކިކުރި ނަމަވެސް އޭނާ އަށް ޓްރަމްޕް ގެ ވަކީލުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.

މީގެ އިތުރުން އެންވައިއެސްބީއޭ އިން ނެރުނު ބަޔާނުގައި ރޫޑީއަށް އޭނާގެ ދިފާއުގައި ވާހަަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
25%
50%
0%
0%
0%
25%
ކޮމެންޓް
ގުޅުންހުރި