ކ. މާލެ
|
11 ޖެނުއަރީ 2021 | ހޯމަ 15:26
ޗައިނާގައި ކޮވިޑަށް ޓެސްޓް ކުރަނީ
ޗައިނާގައި ކޮވިޑަށް ޓެސްޓް ކުރަނީ
ރޮއިޓަރސް
ކޮވިޑްގެ އަސްލު ހޯދުން
ޑަބްލިއުއެޗްއޯގެ ޓީމް ބުރާސްފަތި ދުވަހު ޗައިނާއަށް ދަނީ
 
ޑަބްލިއުއެޗްއޯއިން ޗައިނާއަށް ދާން އުޅުމުން އެ ޤައުމުން ވަނީ އެ ޓީމު އެތެރެ ނުވެވޭނެ ކަމަށް ކުރިން ބުނެފައި

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ޗައިނާގެ ވުހާނަށް ދާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަމަޖެއްސި ޓީމު އެ ސިޓީއަށް ދިއުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން ދިނުމާއެކު ބުރާސްފަތި ދުވަހު އެ ޓީމް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ޗައިނާ ސަރުކާރުން ބުނީ ޑަބްލިއުއެޗްއޯގެ 10 ސައިންޓިސްޓުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޒެންގ ޔިޒިން ވިދާޅުވީ ޗައިނާއާއި ދުނިޔޭގެ ސިއްހަތުޖަމިއްޔާއިން ކޮވިޑްގެ އަސްލު ދެނެގަތުމަށް ކުރާ ރިސަރޗާއި މެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ޗައިނާއަށް ދާން އުޅުމުން އެ ޤައުމުން ވަނީ އެ ޓީމު އެތެރެ ނުވެވޭނެ ކަމަށް ބުނެފައެވެ. އަދި ޑަބްލިއުއެޗްއޯގެ ޓީމަށް ޗައިނާއަށް އެތެރެ ނުވެވުނު މައްސަލައިގައި އެ ޖަމިއްޔާގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ޓީމަށް ފަހު ވަގުތު ހުއްދަ ނުދިނުމުން ހިތާމަކުރައްވާ ކަމަށެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ މަސައްކަތްތައް ކުރަމުންދާއިރު، އެ ޖަމުޢިއްޔާގެ އިސްނެގުމުގެ މަތިން ކޮވިޑުގެ ހަގީގަތް ހޯދުމަށް ހާއްސަ ޓީމެއް ޗައިނާއަށް ދާން ހަމަޖެހިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާއްސަ މިޝަނުގައި ޗައިނާއަށް ޑަބްލިޔުއެޗްއޯގެ ފަރާތުން ދާ ޓީމުގައި އެކިއެކި ގައުމުތަކުގެ މީހުން ހިމެނޭނެއެވެ.

މި ޓީމު ޗައިނާގެ ވޫހާންއަށް ގޮސް ޗައިނާގެ ޓީމުތަކުން އެއްކޮށްފައިވާ ވައިރަހުގެ އިންސާނުންގެ ސާމްޕަލްތަކާއި، ޖަނަވާރުންގެ ސާމްޕަލްތަކުގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ހެކިތައްވެސް ބަލާ ތަޙުޤީޤު ކުރުމަށް އޭރު އޮތީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު