ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 22:42
އިންޑިއާގެ ހެލްތު އޮފިޝަލުން ވަނީ އެގައުމުގެ އެކި ސަރަހައްދު ތަކުގައި ވެކްސިން ދިނުމުގެ ޓްރަޔަލްތަކެއް ކުރިއަށް ގެންގޮސްފައި
އިންޑިއާގެ ހެލްތު އޮފިޝަލުން ވަނީ އެގައުމުގެ އެކި ސަރަހައްދު ތަކުގައި ވެކްސިން ދިނުމުގެ ޓްރަޔަލްތަކެއް ކުރިއަށް ގެންގޮސްފައި
ބްލޫމްބާރްގް
އިންޑިއާގައި ވެކްސިން ދިނުން
އިންޑިއާގައި ހޮނިހިރު ދުވަހު ވެކްސިންދޭން ފަށަނީ
 
އިންޑިއާ އިން ވަނީ ކޮވިޑް-19 ގެ ދެ ވެކްސިނެއް އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައި
 
150،000 ސްޓާފުންނަށް ވެކްސިން ދިނުމުގެ ޓްރެއިނިންތައް ވަނީ ކުރިއަށް ގެންގޮސްފައި
 
އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އާބާދީގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުން

އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ޖެނުއަރީ 16 ވަނަ ދުވަހު ފަށާނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޖެނުއަރީ 16 ވަނަ ދުވަހު ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިގެން ދިއުމަކީ އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް ކަމަށާއި އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އާބާދީގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށެވެ.

އެގޮތުން ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާއިރު ފްރަންޓްލައިން މަސައްކަތްތެރިންނާއި ހެލްތު ވޯކަރުންނަށް އިސްކަންދެއްވާނެ ކަމަށް ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ފަހުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އިސްކަންދޭނެކަމަށް އެގައުމުން ހާމަކޮށްފައިވާއިރު، އުމުރުން 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ސީރިއަސް ބަލިތަކަށް ފަރުވާހޯދަމުންދާ މީހުންނަށް އިސްކަންދޭނެ ކަމަށް އެގައުމުން ބުނެއެވެ.

އިންޑިއާ އަކީ މުޅި ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމަށް ވާއިރު، އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10.3 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާ އިން ވަނީ މިހާތަނަށް އައި އިރު ކޮވިޑްގެ ދެ ވެކްސިނެއް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. އެއީ އެގައުމުގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ބާރަތް ބައޯޓެކް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިނެވެ. އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ދަނީ އެގައުމުގައި މި ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ހެލްތު އޮފިޝަލުން ވަނީ އެގައުމުގެ އެކި ސަރަހައްދު ތަކުގައި ވެކްސިން ދިނުމުގެ ޓްރަޔަލްތަކެއް ކުރިއަށް ގެންގޮސް 700 ޑިސްޓްރިކްޓެއްގައި 150،000 (އެއްލައްކަ ފަންސާސް ހާސް) ސްޓާފުންނަށް ވެކްސިން ދިނުމުގެ ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް