ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 15:37
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ޓްރަމްޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ
ޓްރަމްޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހު ވައްދަނީ
 
ބައިޑަން ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރެވޭނެ އޮތީ ދެ ގޮތެއް
 
ކެޕިޓޮލްގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ޓްރަމްޕް މަގާމުން ވަކިކުރުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ
 
ހައުސްގެ އެސިސްޓަންޓް ސްޕީކަރ ވިދާޅުވެފައިވަނީ ޓްރަމްޕް މަގާމުން ވަކިކުރަންޖެހޭ ކަމަށް

އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމަށްޓަކައި ޓްރަމްޕްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހު ހައުސްއަށް ވެއްދުމަށް ނިންމައިފިއެވެ.

ހައުސްގެ އެސިސްޓަންޓް ސްޕީކަރ ކެތްރިން ކްލަރކް ވިދާޅުވެފައިވަނީ ޓްރަމްޕް މަގާމުން ވަކިކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި ބޭނުންކުރެވެން ހުރި ހުރިހާ މަގެއް ބޭނުން ކުރައްވާނެކަމަށެވެ. ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކަން ކުރައްވާނެކަމަށް ސީއެންއެންއާ ވާހަކަ ދައްކަވަމުން ކެތްރިން ވިދާޅުވިއެވެ.

2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންކަން ރަސްމީކޮށް އިއުލާންކުރުމަށް ކޮންގްރެސްއިން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމަށްފަހު ޓްރަމްޕް މަގާމުން ވަކިކުރުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

ވަކިން ޚާއްސަކޮށް ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގި މީހުންނަށް ޓްރަމްޕް ތައުރީފުކުރެއްވުމުން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އާއި ކެބިނެޓްގެ ގިނަ މެމްބަރުންގެ އިތުރުން ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އަންނަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދައްކަމުންނެވެ.

ބައިޑަން ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރެވޭނެ އޮތީ ދެ ގޮތެކެވެ. އެއީ ޓްރަމްޕް މަގާމުން އަޒުލުކުރުމާއި އެމެރިކާގެ ޤާނޫނު އަސާސީގެ އެމެންޑްމަންޓް 25ގެ ބޭނުންކުރުމެވެ.

އެމެންޑްމަންޓް 25ގެ ދަށުން ޓްރަމްޕް މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ނައިބު ރައީސް މައިކް ޕެންސް އަދި ކެބިނެޓްގެ މެޖޯރިޓީ މެމްބަރުން އެދިވަޑައިގެން އެކަން އިއުލާނު ކުރެއްވުމުންނެވެ. އެކަން ޕެންސް ނުކުރައްވާނަމަ ދެން އޮތީ ޓްރަމްޕް މަގާމުން ވަކިކުރުމެވެ. އެކަމަށްޓަކައި ޑިމޮކްރަޓުން އަންނަނީ ތައްޔާރުވަމުންނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އެމެންޑްމަންޓް 25 ގެ ބޭނުން ނައިބު ރައީސް މައިކް ޕެންސް ކުރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ.

އެހެންކަމުން ދެން އޮތް ގޮތަކީ ޓްރަމްޕް މަގާމުން ވަކިކުރުން ކަމަށްވާއިރު މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ. އެފަހަރު އެކަން ކާމިޔާބުނުވީ ސެނެޓުން އެގޮތަށް ފާސްނުކުރުމުންނެވެ. ސެނެޓްގެ މެޖޯރިޓީ އޮންނަނީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުންނަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
50%
0%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް