ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 15:25
އިންޑޮނޭޝިއާގެ ފްލައިޓް ވެއްޓުނު ސަރަޙައްދު ހޯދުމަށް އެ ޤައުމުގެ ސާރޗް އެންޑް ރެސްކިއު ޓީމުތަކުން ޙަރަކާތްތެރިވަނީ
އިންޑޮނޭޝިއާގެ ފްލައިޓް ވެއްޓުނު ސަރަޙައްދު ހޯދުމަށް އެ ޤައުމުގެ ސާރޗް އެންޑް ރެސްކިއު ޓީމުތަކުން ޙަރަކާތްތެރިވަނީ
ރޮއިޓަރސް
އިންޑޮނޭޝިއާގެ ފްލައިޓެއް ގެއްލުން
އިންޑޮނޭޝިއާގެ ފްލައިޓް ވެއްޓުނު ތަން ހޯދިއްޖެ - އަސްކަރިއްޔާ
 
އޭގެތެރޭގައި 7 ކުޑަކުދިންނާއި، 6 ކްރޫއިން ހިމެނޭ
 
މިވަގުތު އެ ޤައުމުން ދަނީ އެކަމުގެ ތަހުޤީޤެއް ކުރަމުން
 
އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކްއަށް

56 ފަސިންޖަރުންނާއި 6 ކްރޫ މެމްބަރުންނާއިއެކު ދަތުރުކުރަމުންދިޔަ އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓު ވެއްޓުނު ދިމާ ދެނެގަނެވިފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އުދުއްސައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފްލައިޓް ވެއްޓިފައިވާއިރު، ފްލައިޓް ވެއްޓުނީ ކޮން ސަރަޙައްދަކަށް ކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި އެ ސަރަޙައްދަށް މިހާރު އަސްކަރިއްޔާގެ 10ށް ވުރެ ގިނަ އުޅަނދު ފުރާފައިވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ސާރޗް އެންޑް ރެސްކިއު އޭޖެންސީގެ ޗީފް ބޭގަސް ޕުރީތޯއާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދެ ސަރަޙައްދަކުން ސިގްނަލްތައް ދެނެގަނެވިފައިވާއިރު، ބޯޓުގެ ކަޅުފޮށި އޭގެ ތެރެއިން ސަރަޙައްދެއްގައި ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ފްލައިޓް ވީނުވީއެއް ނޭނގި ހޯދަންފެށިތާ މާގިނައިރު ތަކެއް ނުވަނީސް، އިންޑޮނޭޝިއާގެ މަސްވެރިންތަކަކަށް ފްލައިޓެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިގެންވެސް ރިޕޯޓް ކޮށްފައިވެއެވެ. އަދި ފްލައިޓް ގޮސް ކަނޑަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށާއި، އެއާއެކު ބޮޑު ގޮވުމެއްގެ އަޑު އިވުނު ކަމަށް މަންޒަރުދުއް ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ގެއްލިފައިވަނީ ސްރިވިޖަޔާގެ "އެއަރ ބޮއިން 737" މަތިންދާބޯޓެވެ. އެގޮތުން މި ބޯޓު މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށް ގޮސްފައިވާކަމަށް ފްލައިޓް ޓްރެކް ކުރާ ވެބްސައިޓަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

"މެޓްރޯ ޓީވީ"އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖަކާޓާއިން ފުރައިގެން ދިޔަ މި މަތިންދާބޯޓުގައި 56 ފަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި 7 ކުޑަކުދިންނާއި، 6 ކްރޫއިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ހުރިހާ މީހުންނަކީވެސް އިންޑޮނޭޝިއާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

ފްލައިޓް ވެއްޓުނުއިރު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކްއަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
4%
0%
92%
0%
0%
4%
ކޮމެންޓް