ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 20:06
ބާހްބަލީ2
ބާހްބަލީ2
ގޫގުލް
ބާހްބަލީ2
"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި
 
އެފިލްމު ވަނީ ފުރަތަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައި

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ސިނަމާތަކަށް ހުކުރު ދުވަހު އައިސްފިއެވެ. ސިނަމާތަކަށް އިންގިލާބެއް ގެންނާނޭ ކަމަށް ބުނަމުންދާ "ބާހްބަލީ2" ގެ ޕްރިމިއާ ބޭއްވުމަށް ހަމަޖެއްސީ ބުރާސްފަތި ދުވަހުގެ ރެއަށެވެ. އެހެން ނަމަވެސް ފިލްމު ޕްރިމިއާ ކުރުން ކެންސަލް ކުރީ ބޮލީވުޑްގެ ތަރި ވިނޯދް ކަންނާ ބުރާސްފަތި ދުވަހު ނިޔާވުމާއި ގުޅިގެންނެވެ. "ބާހްބަލީ2" ސިނަމާތަކަށް ހުކުރު ދުވަހު އައިސްފައި ވާއިރު މިހާރު ބޮކްސް އޮފީހުގެ ޗާޓުގެ އެންމެ ކުރީގައި އޮތް އާމިރު ޚާންގެ "ޑަންގަލް" އަށް ވުރެ ކުރި ހޯދާނެ ކަމަށް ބެލެވެއެވެ.

ސަބަބަކީ"ބާހްބަލީ2" ސިނަމާތަކަށް އައުމުގެ ކުރިން ވެސް އެފިލްމު ވަނީ ފުރަތަމަ ދުވަހުގައި ވެސް 70 ކުރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ. އަދި ހަފްތާ ބަންދުގައި މި ފިލްމުގެ އާމްދަނީ 230 ކްރޯޑް ރުޕީސްއަށް ވުރެ އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން މި އަހަރުގައި ނިކުންނާނެ އެންމެ ބޮޑު ފިލްމުކަމަށް ބެލެވޭ ފިލްމު "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ.އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.

"ބާހްބަލީ 2"  އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ. އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު  އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

 ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ،ތަމަޅަ އަދި ހިންދީ ވާޝަން އަޅުވާނެއެވެ. އަދި ކެނެޑާގެ 150 ސްކްރީނެއްގައި އަޅުވާނެއެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން  ވަނީ ރިލީޒްކޮށްފައެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅު ފިލްމެކެވެ.

"ބާހްބަލީ 2" ގެ ހިންދީ ވާޝަން ގެނެސް ދެނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް