ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 11:54
ވުހާންގައި ކޮވިޑް ފެތުރެން ފެށިގޮތުގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ދިއުމަށް ވަނީ ހަމަޖެހިފައި
ވުހާންގައި ކޮވިޑް ފެތުރެން ފެށިގޮތުގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ދިއުމަށް ވަނީ ހަމަޖެހިފައި
ރޮއިޓަރސް
ކޮވިޑްގެ އަސްލު ހޯދުން
ޑަބްލިއުއެޗްއޯގެ ޓީމު ވުހާނަށް ދިއުމުގެ ހުއްދަ ދީފި
 
ހުއްދަ ދިން ނަމަވެސް، ވަކި ދުވަހެއް އަދި ހާމައެއް ނުކުރޭ
 
މިކަމާއި ގުޅިގެން 4 ބައްދަލުވުމެއް ބާއްވާފައިވޭ

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ޗައިނާގެ ވުހާނަށް ދާން ޑަބްލިއުއެޗްއޯއިން ހަމަޖެއްސި ޓީމު އެ ސިޓީއަށް ދިއުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން ދީފިއެވެ.

ޗައިނާގެ ސިއްހީ އޮފިޝަލަކާއި ހަވާލާދީ ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ބުނެފައިވަނީ ޗައިނާއިން އެކަމަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޒެންގ ޔިޒިން ވިދާޅުވީ ޗައިނާއާއި ދުނިޔޭގެ ސިއްހަތުޖަމިއްޔާއިން ކޮވިޑްގެ އަސްލު ދެނެގަތުމަށް ކުރާ ރިސަރޗާއި މެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށާއި، ނަމަވެސް ޓީމު އަންނާނެ ދުވަހަކާ މެދު އަދި ގޮތެއް ނުނިންމޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި 4 ބައްދަލުވުމެއް ވީޑިއޯ މެދުވެރިކޮށް ބާއްވާފައިވާ ކަމަށާއި، މި ބައްދަލުވުމުގެ ތެރޭގައި ސައިންޓިފިކް ގޮތުން މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނެ ގޮތާއި އަލިއަޅުވާނެ ކަންތައްތަކާއި، ތަފްސީލުތައް ތަހުގީގުތައް ކުރިއަށްގެންދާނެ ގޮތާއި މެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށެވެ.

ޒެންގ މިހެން ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯއިން އެގައުމަށްދާން އުޅުނު ޓީމަށް އެތެރެ ނުވެވުނު މައްސަލައިގައި ޖަމިއްޔާގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށެވެ. އަދިވެސް މިހާތަނަށް ޓީމު އަންނާނެ ދުވަހެއް ފައިނަލް ނުކުރެވެއެވެ.

މިކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ޓީމަށް ފަހު ވަގުތު ހުއްދަ ނުދިނުމުން ހިތާމަކުރައްވާ ކަމަށާއި، މި ވަގުތުވެސް ޓީމުގެ ދެ މެންބަރަކު ޗައިނާއަށް ދިއުމަށް ދަތުރުވެސް ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް އަވަސް ހައްލެއް ގެނެސްދީ، ޑަބްލިއުއެޗްއޯގެ ޓީމު އެއްކޮށް ޗައިނާއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް އެ ޤައުމުގެ އޮފިޝަލުން ދެމުން ގެންދާކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ މަސައްކަތްތައް ކުރަމުންދާއިރު، އެ ޖަމުޢިއްޔާގެ އިސްނެގުމުގެ މަތިން ކޮވިޑުގެ ހަގީގަތް ހޯދުމަށް ހާއްސަ ޓީމެއް ޗައިނާއަށް ދާން ހަމަޖެހިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާއްސަ މިޝަނުގައި ޗައިނާއަށް ޑަބްލިޔުއެޗްއޯގެ ފަރާތުން ދާ ޓީމުގައި އެކިއެކި ގައުމުތަކުގެ މީހުން ހިމެނޭނެއެވެ.

ޗައިނާއަށް ދާ ޓީމުގައި 12 އާއި 15 ދެމެދުގެ އަދަދަކަށް މީހުން ތިބޭނެއެވެ. އަދި މި ޓީމު ޗައިނާގެ ވޫހާންއަށް ގޮސް ޗައިނާގެ ޓީމުތަކުން އެއްކޮށްފައިވާ ވައިރަހުގެ އިންސާނުންގެ ސާމްޕަލްތަކާއި، ޖަނަވާރުންގެ ސާމްޕަލްތަކުގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ހެކިތައްވެސް ބަލާ ތަޙުޤީޤު ކުރުމަށް އޭރު އޮތީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް