ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 11:59
ޗައިނާގައި ކޮވިޑްގެ ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ޗައިނާގައި ކޮވިޑްގެ ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ރޮއިޓަރސް
ހޫބޭ ޕްރޮވިންސްގެ ލޯކަލް ޓްރާންސްމިޝަން
ހޫބޭ ޕްރޮވިންސްގެ ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން 48 މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފި
 
އާދިއްތަ ދުވަހު 69 ކޭސްއެއް ޗައިނާއިން ރިޕޯޓްކޮށްފައިވޭ

ޗައިނާގެ ހޫބޭ ޕްރޮވިންސްގައި ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން 48 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ހޫބޭ ޕްރޮވިންސަކީ އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތައް ފެނުނު ޕްރޮވިންސެވެ. ހޫބޭ ޕްރޮވިންސްގެ 50 މިލިއަނަށްވުރެ ގިނަ މީހުން އެފަހަރު ޕްރޮވިންސުން ބޭރަށް ނުގޮސް ލޮކްޑައުންގައި ތިބެން ޖެހުނެވެ. އާދީއްތަ ދުވަހު 69 ކޭސްއެއް ޗައިނާއިން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ހޫބޭ ޕްރޮވިންސްގެ ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން 48 މީހަކު ޕޮސިޓިވްވެފައިވާ އިރު، އެގައުމަށް އެތެރެވި 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން ހޫބޭ ޕްރޮވިންސްގެ އިތުރުން، ބެއިޖިން ސިޓީ އަދި ލިއޮނިންގ ޕްރޮވިންސުން ވެސް ކޭސްތައް ރިޕޯޓްކޮށްފައިވެއެވެ. އާދިއްތަ ދުވަހު އިތުރު ކޭސްއެއް ފެނިފައި ނުވާ އިރު، އެގައުމުން މީހަކު މަރުވެފައި ނުވެއެވެ. އަދި 16 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވެއެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް 4412 އިމްޕޯޓެޑް ކޭސް ހިމެނޭ އިރު، މީގެ ތެރެއިން 4118 މީހަކު ބަލިން ރަނގަޅުވުމާއެކު ދޫކޮށްލާފައިވެއެވެ. އަދި މިހާރު ފަރުވާ ދެމުން ދަނީ 294 މީހުންނަށެވެ.

ޗައިނާގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 87،433ށް އަރާފައެވެ. އަދި 588 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 16 މީހެއްގެ ހާލު ސީރިއަސްއެވެ. 82،211 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވެއެވެ. ކޮވިޑްގައި ޗައިނާއިން 4،634 މީހަކު މަރުވެފައިވެއެވެ.

ހޮނިހިރު ދުވަހު 27 މީހަކު ސިމްޕްޓޮމެޓިކް ވެގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 13 މީހުންނަކީ ގައުމަށް އެތެރެވި މީހުންނެވެ. އަދި އެ ދުވަހު އެސިމްޕްޓޮމެޓިކް 33 ކޭސް ފެނިފައިވެއެވެ. އަދި ފަހުން އެ ކޭސްތައް ޕޮޒިޓިވް ކޭސްގެ ގޮތުގައި ހިމެނިގެން ދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް