ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 18:47
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތުގެ ބައިވެރިން
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތުގެ ބައިވެރިން
ޔޫޓިއުބް
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
 
މުބާރާތުގައި 10 މީހުން ވާދަކުރި
 
ވާދަކުރި މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުންވެސް ހިމެނޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމަށް އެމެރިކާގެ ލޮސް އެންޖަލިސްގައި މުބާރާތެއް ބާއްވައިފިއެވެ.

މުބާރާތުގައި 10 މީހަކު ވަނީ ވާދަކޮށްފައެވެ.

މުބާރާތުގައި ވާދަ ކުރި މީހުން އޯޑިއެންސްގެ ކުރިމަތީގައި ޕޯޑިއަމްގައިވަނީ ވާހަކަ ދައްކާފައެވެ.

ރައީސް ޓްރަމްޕްއާ އެންމެ އެއްގޮތް މީހަކު ހޮވުމަށް ބޭއްވި މުބާރާތުގައި ވާދަކުރި މީހުން ސްޓޭޖްމަތީގައި ވާހަކަ ދައްކަމުން ދިޔައިރު، އެމީހުން ތިބެނީ ރައީސް ޓްރަމްޕް ސިފަ ކޮށްދިނުމަށް ސޫރައަށް ބަދަލުތައް ގެނެސްފައެވެ. ޚާއްސަ ގޮތެއްގައި ރައީސް ޓްރަމްޕްގެ ހެއަރ ސްޓައިލް ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔައެވެ. އަދި ވާހަކަ ދެއްކުމުގައި ރައީސް ޓްރަމްޕް އާއްމު ކޮށް ބޭނުންފުޅު ކުރައްވާ ބައެއް ބަސްތަކާ ބަސްތައް ޕްރޮނައުންސް ކުރައްވާ ގޮތް ހާމަ ކުރަމުން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި ރައީސް ޓްރަމްޕް ވާހަކަފުޅު ދައްކަވާއިރު އާއްމުކޮށް ދައްކަވާ އަތްޕުޅުގެ ބައެއް ހަރަކާތްތައްވެސް އެމީހުން ތަމްސީލް ކުރިއެވެ.

ކޮންމެ ބައިވެރިޔަކަށްވެސް ޑޮނަލްޑް ޓްރަމްޕް ތަމްސީލް ކުރުމަށް މި މުބާރާތުގައި ލިބުނީ 2 މިނެޓުގެ ވަގުތު ކޮޅެކެވެ.

މުބާރާތުގައި ވާދަކުރީ ހަމައެކަނި އެމެރިކާގެ ރައްޔިތުން ނޫންކަން ފާހަގަ ކުރެވެއެވެ. މުބާރާތުގައި ވާދަކުރި 10 މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

މުބާރާތް ކުރިއަށް ދިޔައީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. މުބާރާތް އިންތިޒާމް ކުރީ "ލާފް ފެކްޓްރީ" އިން ނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި