ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 15:41
އިރާނުގެ ރައީސް ޙަސަން ރޫޙާނީ
އިރާނުގެ ރައީސް ޙަސަން ރޫޙާނީ
ދި ޓަައިމްސް
އިރާނުން ވެކްސިން ޖެހުން
އިރާނުގައި ބޭރު ޤައުމުތަކުގެ ވެކްސިން ޖެހުން މަނާކޮށްފި
 
އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިންވެސް އެކަން މަނާ ކޮށްފައިވޭ
 
އިތުބާރު ހިފޭ ޤައުމެއްގެ ވެކްސިނަކަށް ހުއްދަ ދިނުމާމެދު އިއުތިރާޒެއް ނެތް
 
އެމެރިކާއާއި، އިނގިރޭސިވިލާތުގެ ވެކްސިން ގެނައުންވެސް މަނާ

އިރާނުގައި ބޭރު ޤައުމުތަކުގެ ވެކްސިން ޖެހުން މަނާކޮށްފިއެވެ.

ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެހެނިހެން ޤައުމުތަކުގެ ކުންފުނިތަކުން އުފައްދާ ވެކްސިން އިރާނުގެ ރައްޔިތުންގެ ގަޔަށް ޖެހުން އެ ޤައުމުގެ ރައީސް ޙަސަން ރޫހާނީ ވަނީ މަނާ ކުރައްވާފައެވެ. މި ނިންމުން ނިންމަވާފައިވަނީ އެމެރިކާއާއި، އިނގިރޭސިވިލާތުގެ ވެކްސިން ގެނައުން މަނާ ކުރުމަށް އެ ޤައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޙާމަނާއީ ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ހުކުރު ދުވަހު ޙާމަނާއީ ވިދާޅުވީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެކްސިނަށް ބަރޯސާ ނުވެވޭ ކަމަށާއި، އެ ޤައުމުތަކުން ބޭނުންވަނީ އެހެން ޤައުމުތަކަށްވެސް ބަލި ފެތުރުމަށް ކަމަށެވެ. އެހެންނަމަވެސް، އިރާނަށް އިތުބާރު ހިފޭ ޤައުމެއްގެ ވެކްސިނަކަށް ހުއްދަ ދިނުމާމެދު އިއުތިރާޒެއް ނެތް ކަމަށްވެސް ޙާމަނާއީ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ރޫޙާނީ ވިދާޅުވީ، އިރާނުގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް އެދި ބޭރުގެ އެކި ކުންފުނިތަކުން ހުށައަޅަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިންވެސް އެކަން މަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ހުށައަޅާފައިވަނީ ކޮން ކުންފުނިތަކެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

އިރާނުން ދަނީ އެ ޤައުމުގެ އަމިއްލަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެ ވެކްސިންގެ ހިއުމަން ޓްރަޔަލްވެސް ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
86%
0%
0%
14%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ