ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 11:42
އެ ހޮސްޕިޓަލުގެ ސްޓާފުން ވަނީ އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފަ
އެ ހޮސްޕިޓަލުގެ ސްޓާފުން ވަނީ އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފަ
އަޒަރބޭކަން24
އިންޑިއާގެެ ހޮސްޕިޓަލެއްގައި އަލިފާން ރޯވުން
އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ތުއްތު ކުދިންތަކެއް މަރުވެއްޖެ
 
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ މިހާދިސާ ސިފަކުރެއްވީ ހިތްދަތި ހާދިސާއެއްގެ ގޮތުގައި
 
ކުދިން މަރުވެފައިވަނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން
 
ސްޓާފުން ވަނީ ތުއްތު ހަތް ކުއްޖަކު ސަލާމަތް ކޮށްފަ

އިންޑިއާގެ މަހަރާޝްތްރާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެއެވެ.

ބަންޑަރާ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގެ އެ ހޮސްޕިޓަލުގެ ސްޓާފުން ވަނީ ތުއްތު ހަތް ކުއްޖަކު ސަލާމަތް ކޮށްފައެވެ. ނަމަވެސް އެ ވޯޑުގައި ބާކީ ތިބި 10 ކުދިން ސަލާމަތް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށް އެ ހޮސްޕިޓަލުގެ އިސް ޑޮކްޓަރެއް ކަަމަށްވާ ޕްރަމޯދް ޚަންޑޭޓޫ ވަނީ އޭއެފްޕީއަށް މައުލޫމާތު ދީފައެވެ.

ޕްރަމޯދު ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އަލިފާން ރޯވުމާއިއެކު ހުރިހާ ސްޓާފުން ވީ އެންމެ އަވަހަކަށް އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

ތިން މަސް ވެސް ނުވާ ތުއްތު ކުދިން މަރުވެފައިވަނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށްވެސް ޕްރަމޯދު ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވާކަމަށް ރިޕޯޓު ކުރީ ދުމުގެ އަސަރު ފެނުމާއިއެކު އެ ހޮސްޕިޓަލުގެ ނަރުހުންތަކެއް ކަމަށް ޕްރަމޯދު ވަނީ ހިއްސާކުރައްވާފައެވެ.

މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ޓްވީޓް ކުރައްވާ ވިދާޅުވީ މިއީ ހިތްދަތި އަދި ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އެގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީވެސް ވިދާޅުވެފައިވަނީ މި ހާދިސާއަކީ ވަރަށްވެސް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
96%
4%
0%
0%
ކޮމެންޓް