ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 08:25
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޭނަގެ އެކައުންޓްތައް ސަސްޕެންޑްކުރީ ގައުމީ ސަލާމަތައް ނުރައްކާވާތީ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޭނަގެ އެކައުންޓްތައް ސަސްޕެންޑްކުރީ ގައުމީ ސަލާމަތައް ނުރައްކާވާތީ
ސީ.އެން.އެން
ޓްވިޓާ އިން ޓްރަމްޕް ސަސްޕެންޑް ކުރުން
ޓްވިޓާ އިން ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑް ކޮށްފި
 
ޓްރަމްޕްގެ އިތުރުން އޭނަގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކަލް ފްލިން އަދި އެޓާނީ ސިޑްނީ ޕޮވެލްގެ އެކައުންޓްތައް ވެސް ވަނީ ސަސްޕެންޑްކޮށްފައި
 
ޓްރަމްޕްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް އެކައުންތައް ސަސްޕެންޑް ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑް ކޮށްފިއެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓްތަކުގެ ކޮންޓެންޓުގެ ސަބަބުންނާއި ޓްވިޓާ އާއި ޓްވީޓާއިން ބޭރުން އޭގެ މާނަ ނެގޭ ގޮތުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިތުރު ހަމަނުޖެހުމެއް ހިނގުމުގެ ކުރިން އެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑްކުރަން ނިންމާފައިވާކަމަށް ހުކުރު ދުވަހު ޓްއީޓާއިން ބުނެއެވެެ.

ސުލްހަވެރިކަމާއިއެކު ބާރުތައް ބަދަލުކުރާނެ ކަމަށް ވިދާޅުވެ ބުރާސްފަތި ދުވަހު ޓްރަމްޕް ޓްވިޓާގައި ވީޑިއޯއެއް ޕޯސްޓް ކޮށްފައިވާއިރު، 88.7 މިލިއަން މީހުން ފޮލޯކުރަމުން ދިޔަ މި އެކަންޓް މިހާރު ވަނީ ޓްވިޓާ އިން ގެއްލިފައެވެ.

މީގެ އިތުރުން ޓްރަމްޕްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް އެކައުންތައް ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

ޓްރަމްޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑް ކުރުމަށް ފަހު އެކުންފުނީގެ ސީއީއޯ މާކް ޒަކަބަރގް ވިދާޅުވީ މިދުވަސްކޮޅު ޓްރަމްޕަށް ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ ސަލާމަތީ ގޮތުން ގެއްލުންހުރި ކަމެއްކަމަށް ދެކޭތީ 24 ގަޑި އިރުގެ ބަދަލުގައި މުއްދަތެއް ނެތް ގޮތަށް ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްވިޓާ އިން ވަނީ ޓްރަމްޕްގެ އިތުރުން އޭނާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކަލް ފްލިން އަދި ޓްރަމްޕަށް ތާއިދުކުރާ އެޓާނީ ސިޑްނީ ޕޮވެލްގެ ޓްވިޓާ އެކައުންޓްތައް ވެސް ސަސްޕެންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
75%
0%
0%
25%
0%
ކޮމެންޓް