ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 06:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތު
ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގަންނަވާނެ
 
ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޓްރަމްޕް ވޮޝިންގޓަން ދޫކުރައްވާ ވަޑައިގަންނަވާނެ
 
ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕްވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ

އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަންނަވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައު ރައީސް ޖޯ ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްމިއްޔާތުގައި ބައިވެރިވާނެތޯ ސުވާލުކުރާ ހުރިހާ އެންމެންނަށް ބުނަން ބޭނުންވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޮންނަ ބައިޑަން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެކަމަށެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕްވެސް މިރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ އެވެ.

މިހާރު ހަމަޖެހިފައިވާގޮތުން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޓްރަމްޕް ވޮޝިންގޓަން ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް ސީއެންއެން އިން ބުނެއެވެ.

ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމަށްފަހު އެކަމަށް ހިތްވަރުދެއްވާ ވާހަކަ ދެއްކެވުމަށްފަހު ޓްރަމްޕް ވަނީ ރައީސްކަމުގެ ދެވަނަ ދައުރެއްގައި ވެރިކަމުގައި ނުހުންނަވާނެކަމަށް ވިދާޅުވެފައެވެ. މިއީ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަަޑައިގެންނެވިފަހުން ބަލިގަބޫލުކުރައްވާ މޭރުމަކުންވެސް ޓްރަމްޕް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ވެރިކަމުގެ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވެރިކަމުން އަޒުލުކޮށްފާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ.

ހައުސްގައި ތިއްބަވާ ޑިމޮކްރަޓިކް މެމްބަރުން ގެންދަވަނީ ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ ކަންކަން އަންނަ ހަފްތާގައި ކުރިޔަށް ގެންދިޔުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. ޑިމޮކްރަޓިކް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ޓްރަމްޕް ވެރިކަމުގައި ދެން ހުންނަވައިފިނަމަ އެމެރިކާގެ ޑިމޮކްރަސީއަށް އެކަމުގެ ސަބަބުން ނުރައްކަލާ ކުރިމަތިވާނެއެވެ. ރައީސް ކަމުގެ ބާރު ބޭނުންކުރައްވާ އިތުރު ކަންތައްތަކެއް ކޮށްފާނެކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް