ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 21:12
މޮޑާނާއިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން
މޮޑާނާއިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން
އޭޕީ
އިނގިރޭސިވިލާތުން މޮޑާނާގެ ވެކްސިނަށް ހުއްދަދިނުން
އިނގިރޭސިވިލާތުން މޮޑާނާގެ ވެކްސިނަށް އެމަޖެންސީ ހުއްދަދީފި
 
އީޔޫ އިންވެސް ވަނީ މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި
 
މޮޑާނާގެ ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެއް
 
އިނގިރޭސިވިލާތުން މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި ވަނީ ހުކުރު ދުވަހު

އިނގިރޭސިވިލާތުން މޮޑާނާގެ ކޮވިޑް-19 ވެކްސިނަށް އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފިއެވެ.

މިއާއިއެކު އިނގިރޭސިވިލާތުން މިވަނީ ކޮވިޑް-19 އަށް އުފައްދާފައިވާ ތިން ވެކްސިނެއް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އިނގިރޭސިވިލާތުން މޮޑާނާގެ 17 މިލިއަން ޑޯޒް ގަނެފައިވީ ނަމަވެސް ވެކްސިންގެ ޑޯޒްތައް އެގައުމަށް ލިބޭނީ މިއަހަރުގެ މާޗުހާ ތާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގައުމުން މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި މިވަނީ ގިނަ މަޝްވަރާތަކަކަށް ފަހުއެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްސްޓް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އާއި ކޮމިޝަން އޮން ހިއުމަން މެޑިސިންސް ވަނީ ވެކްސިންގެ ގިނަ ރިޕޯޓްތައް ދިރާސާކޮށްފައެވެ.

އިނގިރޭސިވިލާތުން މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި މިވަނީ ޔޫރަޕިއަން ޔޫނިއަނުންވެސް އެ ވެކްސިނަށް ހުއްދަ ދީފައި ވަނިކޮށެވެ.

އެގޮތުން އީޔޫގެ 27 ގައުމެއްގައި މިހާރު މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު މިވަނީ ލިބިގެންގޮސްފައެވެ.

މޮޑާނާ ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މި ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

އިނގިރޭސިވިލާތުން ވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންވެސް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަދީ އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
50%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ