ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 21:16
ރައީސްގެ ޕްރެސް ސެކެޓްރީ ކައިލީ މެކަނީ
ރައީސްގެ ޕްރެސް ސެކެޓްރީ ކައިލީ މެކަނީ
އަލްޖަޒީރާ
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުން
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކަށް ޓްރަމްޕް ތައުރީފު ކުރެއްވިތާ އެއް ދުވަސް ފަހުން ވައިޓް ހައުސްއިން ހަމަނުޖެހުން ކުށްވެރިކޮށްފި
 
އެކަން ކުރި މީހުންނަށް ޤާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެކަމަށް ކައިލީ ވިދާޅުވި
 
އެހަމަނުޖެހުން ކުށްވެރިކޮށް ފުރަތަމަ ފަހަރަށް ވައިޓް ހައުސް އިން ވާހަކަ ދައްކަވާފައިވަނީ ރައީސްގެ ޕްރެސް ސެކެޓްރީ ކައިލީ މެކަނީ

އެމެރިކާގެ ކެޕިޓޮލް އަށް ވަދެ ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގިތާ 24 ގަޑިއިރު ފަހުން ވައިޓް ހައުސްއިން އެކަން ކުށްވެރިކޮށްފިއެވެ.

ވައިޓް ހައުސްއިން އެކަން ކުށްވެރިކޮށްފައި މިވަނީ ކެޕިޓޮލްގެ ތެރެއަށް ވަދެގަތް މީހުންނަށް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކުރައްވާފައި ވަނިކޮށެވެ. އެހަމަނުޖެހުން ކުށްވެރިކޮށް ފުރަތަމަ ފަހަރަށް ވައިޓް ހައުސް އިން ވާހަކަ ދައްކަވާފައިވަނީ ރައީސްގެ ޕްރެސް ސެކެޓްރީ ކައިލީ މެކަނީ ދެއްވި ދެ މިނެޓްގެ ބަޔާނެއްގައެވެ.

ވައިޓް ހައުސްގެ ފަރާތުން ދެއްވި މިބަޔާން ވިދާޅުވަމުން ކައިލީ ވިދާޅުވީ ކެޕިޓޮލްގެ ތެރޭގައި ހިނގި ހަމަނުޖެހުމަކީ ބިރުވެރި އެ އަމަލުކުރި ބަޔަކަށް ހަރުކަށި އަދަބުލިބެންޖެހޭ އަދި އެމެރިކާ އެއްވެސް ކަމެއްގައި އަމަލުކުރާނެ ގޮތެއް ނޫންކަމަށެވެ. އެހެންކަމުން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައިލީ ވިދާޅުވިއެވެ.

އަދި ޤާނޫނު މުގުރާލާ ހިންގި މިކަންތައްތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުރި މީހުންނަށް ޤާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެކަމަށް ކައިލީ ވިދާޅުވިއެވެ. ކައިލީ ހަމަނުޖެހުން ސިފަކުރެއްވީ އެތައް ހާސް ބަޔެއްގެ ހައްގުތަކަށް އަރައިގަނެފައިވާ ކަމެއްގެ ގޮތުގައެވެ.

އަދި ކެޕިޓޮލްގެ ތެރޭގައި ހިނގާދިޔަ ކަންކަމަކީ ޓްރަމްޕްގެ ސަރުކާރުގެ އެއްވެސް ސިޔާސަތަކާއި އެއްގޮތަށް ހިނގާފައިވާ ކަންކަމެއް ނޫންކަމަށާއި އެއީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާއި ގަބޫލުކުރާ ގޮތްތަކާއި ޚިލާފު ކަންތައްތަކެއް ކަމަށް ކައިލީ ވިދާޅުވިއެވެ.

"މިއިމާރާތުގައި(ވައިޓް ހައުސް) މަސައްކަތްކުރާ ހުރިހާ އެންމެންނަކީވެސް ބާރުތައް ބަދަލުކުރުމުގެ ކަންކަން އޮންނަގޮތަށް ހިނގާތޯ ކަށަވަރުކުރާނެ މީހުން. މިއީ އެމެރިކާ އެއްބައިވަންތަވެ އެކަތިގަނޑަކަށް ވާންވީ ވަގުތު." ކައިލީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
100%
0%
0%
0%
0%
0%
ކޮމެންޓް