ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 15:29
އެމެރިކާގެ ކެޕިޓޮލް ޕޮލިސް ޗީފް ސްޓީވަން ސަންޑް
އެމެރިކާގެ ކެޕިޓޮލް ޕޮލިސް ޗީފް ސްޓީވަން ސަންޑް
ގެޓީ އިމޭޖަސް
އެމެރިކާގައި ކުރިއަށް ދިޔަ މުޒާހަރާ
އެމެރިކާގެ ކެޕިޓަލް ޕޮލިސް ޗީފް އިސްތިއުފާ ދެނީ
 
ބުރާސްފަތި ދުވަހު ހައިސް ސްޕީކަރ ނޭންސީ ޕެލޮސީ ވަނީ ސްޓީވަންގެ އިސްތިއުފާއަށް ގޮވާފައި
 
ސްޓީވަން މަގާމުން އިސްތިއުފާދޭން ނިންމާފައި މިވަނީ ބުދަ ދުވަހު

އެމެރިކާގެ ކެޕިޓޮލް ޕޮލިސް ޗީފް ސްޓީވަން ސަންޑް މަގާމުން އިސްތިއުފާ ދޭން ނިންމައިފިއެވެ.

ސްޓީވަން މަގާމުން އިސްތިއުފާދޭން ނިންމާފައި މިވަނީ ބުދަ ދުވަހު ކެޕިޓޮލް ހިލްގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާއި ތަކާއި ގުޅިގެން އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.

ކެޕިޓޮލް ޕޮލިސްއިން މައުލޫމާތުދޭ ގޮތުގައި ސްޓީވަން މަގާމުން ވަކިވާނީ ޖެނުއަރީ 16 އިން ފެށިގެންނެވެ.

ބުރާސްފަތި ދުވަހު ހައިސް ސްޕީކަރ ނޭންސީ ޕެލޮސީ ވަނީ ސްޓީވަންގެ އިސްތިއުފާއަށް ގޮވާފައެވެ. މީގެ އިތުރުން ހައުސް ސަރޖަންޓް އެޓް އަރމްސް ޕައުލް ޑީ އިރވިންގ ވަނީ ސްޓީވަން އިސްތިއުފާދޭން އުޅޭކަމުގެ ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން ސެނެޓް ސަރޖަންޓް އެޓް އަރމްސް މައިކަލް ސްޓެންޖަރ ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، ސެނެޓް ޑިމޮކްރަޓިކް ލީޑަރު ޗުކް ޝުމަރ ވަނީ މި މަހުގެ ފަހުކޮޅު އޭނާއަށް މެޖޯރިޓީ ލީޑަރުކަން ލިބުމުން ސްޓެންޖަރ މަގާމުން ވަކިކުރާނެ ކަމަށް ބުނެފައެވެ.

ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން އެކަކީ ކެޕިޓޮލް ފުލުސް އޮފިސަރުގެ ބަޑީގެ ހަމަލާގެ ސަބަބުން މަރުވި އަންހެނެކެވެ. މީގެ އިތުރުން ދެން މަރުވެފައިވަނީ އެމަރޖެންސީގައި ފަރުވާ ދެމުންދިޔަ 3 މީހެކެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނާއި، ޓްރަމްޕުގެ ސަޕޯޓަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި، އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ހަމަނުޖެހުމުގައި ގާނޫނު ހަދާ މަޖިލިސް ސަރަހައްދުން ޓްރަމްޕުގެ ސަޕޯޓަރުން ފަހަތަށްޖެއްސުނީ ހަވީރުވި ފަހުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް