ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 08:29
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު (ކ) އަދި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކަސާ (ވ)
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު (ކ) އަދި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކަސާ (ވ)
އިންޑިއާ ޓައިމްސް
އިންޑިއާ، ލަންކާގެ ގުޅުން
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖަޔަޝަންކަރު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި
 
މި ބައްދަލުކުރެއްވުމުގައި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރައްވާފައި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކަސާ އާއި ބައްދަލުކޮށް ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާއި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުންތަކަށްފަހު ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު ބައްދަލުކުރެއްވި ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ކޮވިޑްގެ ހާލަތުގައި ވެދިން އެހީއަށް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ޖަޔަޝަންކަރު ސްރީލަންކާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮޓަބަޔާގެ އިތުރުން ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ވެސް ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މި ދަތުރުފުޅުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެގައުމަށް ކުރެވެން ހުރި ކަންކަމާއި، އިގްތިސާދީ ގޮތުން ކުރެވެން ހުރި ކަންކަމާއި މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް