ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 08:31
އެމެރިކާގެ ޓްރާންސްޕޯޓް ސެކެޓްރީގެ މަގާމުން އިސްތިއުފާދެއްވި އެލެއިން ޗާއޯ
އެމެރިކާގެ ޓްރާންސްޕޯޓް ސެކެޓްރީގެ މަގާމުން އިސްތިއުފާދެއްވި އެލެއިން ޗާއޯ
ރޮއިޓަރސް
އެލެއިން ޗާއޯ މަގާމުން އިސްތިއުފާ ދިނުން
ޓްރާންސްޕޯޓް ސެކެޓްރީ އެލެއިން ޗާއޯ މަގާމުން އިސްތިއުފާ ދެއްވައިފި
 
ސަޕޯޓަރުން މުޒާހަރާ ކުރުމުގައި މިއަށްވުރެ ޒިންމާދާރު ވާން ޖެހޭ - އެލެއިން ޗާއޯ

ބުރާސްފަތި ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ކެޕިޓޮލްގައި ޓްރަމްޕްގެ ސަޕޯޓަރުން ކުރިޔަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ޓްރާންސްޕޯޓް ސެކެޓްރީ އެލެއިން ޗާއޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކެޕިޓޮލްގައި ކުރިޔަށްދިޔަ މުޒާހަރާއާއި ގުޅިގެން ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެލެއިން ޗާއޯ އަކީ ޓްރަމްޕްގެ ސަރުކާރުގެ މަގާމަކުން މިހާތަނަށް އިސްތިއުފާ ދެއްވި އެންމެ މަތީ ފަރާތެވެ. އެލެއިންގެ ފިރިކަލުން، ސެނެޓުގައި ރިޕަބްލިކަންގެ ލީޑަރުކަން ކުރައްވާ މެކްކާނަލްވެސް ވަނީ މުޒާހަރާގެ ބައިވެރިން ކުރީ ގާނުނާއި ހިލާފު ހުތުރު އަމަލެއް ކަމަށް ވިދާޅުވެފައެވެ.

އެލެއިން ވަނީ އެކަމަނާ މަގާމުން އިސްތިއުފާދެއްވިކަން ޓްވިޓަރގައި ކަށަވަރު ކޮށްދެއްވައިފައެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެލެއިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އެމެރިކާއަށް ކަޅު ދުވަހެއް ކަމަށާއި، ސަޕޯޓަރުން މުޒާހަރާ ކުރުމުގައި މިއަށްވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ރައްޔިތުން ވަދެގަތުން އެއީ ޑިމޮކްރަސީއާއި ހިލާފު އަމަލެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް