ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 08:40
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީ ސަލާމަތީ ބާރުތަކުން ފޯރި މަރަނީ
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީ ސަލާމަތީ ބާރުތަކުން ފޯރި މަރަނީ
ރޮއިޓަރސް
އެމެރިކާގެ މުޒާހަރާ
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގައި ބަޑި ޖެހި ފުލުސް މީހާ ސަސްޕެންޑް ކޮށްފި
 
ހަމަނުޖެހުމުގައި ބާރުގެ ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ ޕެޕާ ސްޕްރޭ، ކަރުނަ ގޭސް އަދި ކަރަންޓު މުގުރު ބޭނުން ކުރުމަށް އެކަނި

އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ހުންނަ ކެޕިޓޮލްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމާއި ގުޅިގެން އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކުރިކަމަށް ބުނެ، ބަޑި ޖެހި ފުލުސް އޮފިސަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް ކެޕިޓޮލް ޕޮލިސްގެ ޗީފް ސްޓެވެން ސަންޑް ވިދާޅުވެއްޖެއެވެ.

ސްޓެވެން ވިދާޅުވީ ޓްރަމްޕްގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި ބާރުގެ ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ ޕެޕާ ސްޕްރޭ، ކަރުނަ ގޭސް އަދި ކަރަންޓު މުގުރު ބޭނުން ކުރުމަށް އެކަނި ކަމަށެވެ. އެހެންނަމަވެސް ވަޒަނާއިއެކު ހަތިޔާރު ގެންގުޅުމަށް ވަނީ ހުއްދަ ދީފައި ކަމަށާއި، އެކަމަކު ބަޑި ޖެހުމަށް ހުއްދަ ނުދޭ ކަމަށެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިއަކަށް ބަޑިން ހަމަލާދިން ކެޕިޓޮލްގެ ފުލުސް އޮފިސަރު މަގާމުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން އެކަކީ ކެޕިޓޮލް ފުލުސް އޮފިސަރުގެ ބަޑީގެ ހަމަލާގެ ސަބަބުން މަރުވި އަންހެނެކެވެ. މީގެ އިތުރުން ދެން މަރުވެފައިވަނީ އެމަރޖެންސީގައި ފަރުވާ ދެމުންދިޔަ 3 މީހެކެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނާއި، ޓްރަމްޕުގެ ސަޕޯޓަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި، އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ހަމަނުޖެހުމުގައި ގާނޫނު ހަދާ މަޖިލިސް ސަރަހައްދުން ޓްރަމްޕުގެ ސަޕޯޓަރުން ފަހަތަށްޖެއްސުނީ ހަވީރުވި ފަހުން ކަމަށެވެ.

ބަޑީގެ ހަމަލާގައި އަންހެން މީހާ މަރުވެފައިވަނީ ބެރިކޭޑް ފަޅާލުމަށްފަހު ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް