ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 08:54
އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތައް
ސޯޝަލް މީޑިޔާ އެކައުންޓްތައް ބޭނުންނުކުރެވޭ ގޮތް ހެދުމުން ޓްރަމްޕަށް ދެ ލައްކަ ފޮލޯވަރސް ލިބިއްޖެ
 
ބުދަ ދުވަހު ބައިޑަން އަށް ވަނީ ޓްވިޓަރ އިން 355،000 ފޮލޯވަރސް ލިބިފައި
 
ޓްރަމްޕްގެ އޮފިޝަލް ޕޭޖަށް ބުދަ ދުވަހު 13،255 ލައިކްސް ލިބިފައިވޭ
 
ބުދަ ދުވަހު އެކަނިވެސް ޓްރަމްޕަށް ޓްވިޓަރ އިން 166،073 ފޮލޯވަރސް ލިބިފައިވޭ

ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތައް ކަމަށްވާ ޓްވިޓަރ، ފޭސްބުކްގެ އެކައުންޓް ބޭނުންނުކުރެވޭ ގޮތަށް އެމީޑިޔަމްތަކުން ނިންމުމާއެކު އެއް ދުވަސްތެރޭގައި ދެލައްކަ ފޮލޯވަރސް އައި ލައިކްސް ލިބިފައިވާކަމަށް އެކަންކަން ދިރާސާކުރަމުން އަންނަ ސޯޝަލް ބްލޭޑް އިން ބުނެފިއެވެ.

ބުދަ ދުވަހު އެކަނިވެސް ޓްރަމްޕަށް ޓްވިޓަރ އިން 166،073 ފޮލޯވަރސް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ފޮލޯރ ކުރި ދުވަހެވެ. ބުރާސްފަތި ދުވަހު ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް 30،000 މީހުން ފޮލޯރކޮށްފައިވެއެވެ. މިފަހަކުން ޓްރަމްޕްގެ އެކައުންޓް ފޮލޯރ ކުރާ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.

ފޭސްބުކް އަށް ބަލާއިރު ޓްރަމްޕްގެ އޮފިޝަލް ޕޭޖަށް ބުދަ ދުވަހު 13،255 ލައިކްސް ލިބިފައިވެއެވެ. އަދި ބުރާސްފަތި ދުވަހު 47،158 ލައިކްސް ލިބިފައިވެއެވެ.

އެހެންކަމުން ބުދަ ދުވަހު އެކަނި ޓްރަމްޕަށް ޓްވިޓަރ އިންނާއި ފޭސްބުކުން ލައިކްސް އާއި ފޮލޯރވާސް ލިބުނު އަދަދުވަނީ 180،000ށް އަރާފައެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އަށް ބަލާލާއިރު މިހަފްތާގައި ބައިޑަން އަށް ވަނީ ޓްރަމްޕަށް ވުރެ ގިނަ ފޮލޯވަރސް ޓްވިޓަރ ގައި ލިބިފައެވެ. ބުދަ ދުވަހު ބައިޑަން އަށް ޓްވިޓަރ އިން 355،000 ފޮލޯވަރސް ލިބިފައެވެ.

ޓްރަމްޕްގެ އެކައުންޓް ގިނަ ބަޔަކު ފޮލޯރކޮށްފައި މިވަނީ އެމެރިކާގެ ކެޕިޓޮލްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަށް ތާއީދުކުރައްވާ ކުރެއްވި ޓްވީޓެއްގެ ސަބަބުންނެވެ. އޭގެ އެއްޕޯސްޓަކީ ހަމަނުޖެހުން އުފެއްދި މީހުންނަކީ ވަރަށް ޚާއްސަ ބަޔެއްކަމަށް ވިދާޅުވެ ކުރެއްވި ވީޑިއޯ ޕޯސްޓެކެވެ.

މިއާއެކު ސޯޝަލް މީޑިޔާ ޕްލެޓް ފޯރމްތަކުން ވަނީ ޕޮލިސީ އާ ޚިލާފު ޕޯސްޓް ކުރައްވާތީ އެކައުންޓްތައް ބޭނުންނުކުރެވޭ ގޮތަށް ބްލޮކް ކޮށްލާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުކުރާނަމަ ޓްވިޓަރ އިން ބުނެފައިވަނީ އެކައުންޓް 12 ގަޑިއިރަށް ބޭނުންކުރުން މަނާކުރާނެކަމަށެވެ.

އިންތިހާބާއި ބެހޭގޮތުން އެކި ވާހަކަތައް ވިދާޅުވަމުން ގެންދަވާ ޓްރަމްޕް، އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާކަމަށް ވިދާޅުވާއިރު އެންމެ ފަހުން ވަނީ ބަލި ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
20%
0%
0%
20%
60%
0%
ކޮމެންޓް