ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 17:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސީ.އެން.އެން
ބަލި ގަބޫލުކުރެއްވިކަން ޓްރަމްޕް އިއުލާންކުރެއްވުނ
ބަލި ގަބޫލުކުރައްވާ ޓްރަމްޕް ވިދާޅުވީ މިއީ އެމެރިކާގެ ތާރީޚުގައި ދެކުނު އެންމެ ފުރިހަމަ ހަތަރު އަހަރު ކަމަށް
 
އިލެކްޓޯރަލް ކޮލެޖްގެ ނަތީޖާ ދައްކާގޮތުން ބައިޑަން އަށް ވަނީ 306 ވޯޓު ލިބިވަޑައިގަންނަވާފައި
 
ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޖޯ ބައިޑަން އައު ރައީސްކަމަށް ހުވާކުރުމުގެ ކަންކަން ކުރިޔަށްދާނެ
 
ޓްރަމްޕް ވަނީ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން އޮންނަގޮތަށް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެ ވަޑައިގަންނަވާފައި

އިލެކްޓޯރަލް ކޮލެޖްގެ ރަސްމީ ނަތީޖާއިން ޖޯ ބައިޑަން އަށް އިންތިޚާބު ކާމިޔާބުވެ ވަޑައިގެންނެވިކަން ގަބޫލުކުރައްވާ ވައިޓް ހައުސްގައި ހޭދަކުރެއްވި ހަތަރު އަހަރުގެ މުއްދަތު ހަމަވަމުން އަންނަކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއާއެކު ޓްރަމްޕް ވަނީ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން އޮންނަ ގޮތަށް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ. އެކަން ހާމަކުރައްވާ ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރެއްވިނަމަވެސް ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޖޯ ބައިޑަން އައު ރައީސްކަމަށް ހުވާކުރުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އިންތިޚާބުގެ ނަތީޖާގައި އޮޅުވާލުންތަކެއް އުޅޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިނަމަވެސް އެކަން ސާބިތުކުރެއްވޭނެ ހެއްކެއް ޓްރަމްޕަށް ދެއްކިފައެއްނުވެއެވެ.

މީގެއިތުރުން ޓްރަމްޕްގެ ޤާނޫނީ ޓީމުން އެކަން ސާބިތުކުރުމަށް ކޯޓުތަކަށް ހުށަހަޅައިގެން ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.

އަބަދުވެސް ބުނަމުން އައީ އިންތިޚާބުގައި ޤާނޫނާއި އެއްގޮތަށް ލާފައިވާ ހުރިހާ ވޯޓުތައް ގުނުމަށް އެކަމަށް ކުރަން ޖެހުނު ކަންކަން ކުރާނެކަމަށް. މިހާރުގެ މިނަތީޖާއާއެކު އެމެރިކާގެ ތާރީޚު ދުށް އެންމެ ފުރިހަމަ ހަތަރު އަހަރުގެ ޓަރމަށް ނިމުން އައީ. އެހެންނަމަވެސް މިއީ އެމެރިކާ މިއަށްވުރެ އިތުރަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން
ޓްރަމްޕްގެ ބަޔާން

ބައިޑަން އަށް ރައީސްކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށް ޓްރަމްޕް ވިދާޅުވީ އިލެކްޓޯރަލް ކޮލެޖްގެ ނަތީޖާ ކޮންގްރެސް އިން ރަސްމީކޮށް ހާމަކުރުމުންނެވެ. އިލެކްޓޯރަލް ކޮލެޖްގެ ނަތީޖާ ދައްކާގޮތުން ބައިޑަން އަށް ވަނީ 306 ވޯޓު ލިބިވަޑައިގަންނަވާފައެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
67%
17%
0%
0%
0%
17%
ކޮމެންޓް