ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 13:31
ކެޕިޓޮލް ހަމަނުޖެހުމުގައި ފުލުހުން ބަޑި ހިފައިގެން ހަރަކާތްތެރިވަނީ
ކެޕިޓޮލް ހަމަނުޖެހުމުގައި ފުލުހުން ބަޑި ހިފައިގެން ހަރަކާތްތެރިވަނީ
ސީ.އެން.އެން
ކެޕިޓޮލް ހަމަނުޖެހުން
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 4ށް!
 
ކެޕިޓޮލް ހަމަނުޖެހުމުގައި މިހާތަނަށް 52 މީހުން ހައްޔަރުކޮށްފައިވޭ
 
އެކަކު މަރުވީ ފުލުހުން ދިން ބަޑީގެ ހަމަލާގައި

އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ހުންނަ ކެޕިޓޮލްގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގައި 4 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވޮޝިންގޓަންގެ ޕޮލިސް ޗީފް ރޮބަރޓް ކޮންޓީ ވިދާޅުވީ މަރުވި 4 މީހުންގެ ތެރޭގައި ހިމެނެނީ ކެޕިޓޮލް ފުލުހުންގެ ބަޑީގެ ހަމަލާއެއްގެ މަރުވި އަންހެނަކާއި، އެމަރޖެންސީގައި ފަރުވާދެމުން ދިޔަ 3 މީހެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނާއި، ޓްރަމްޕުގެ ސަޕޯޓަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށާއި، އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ހަމަނުޖެހުމުގައި ގާނޫނު ހަދާ މަޖިލިސް ސަރަހައްދުން ޓްރަމްޕުގެ ސަޕޯޓަރުން ފަހަތަށްޖެއްސުނީ ހަވީރުވި ފަހުން ކަމަށެވެ.

ބަޑީގެ ހަމަލާގައި އަންހެން މީހާ މަރުވެފައިވަނީ ބެރިކޭޑް ފަޅާލުމަށްފަހު ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި ފުލުހުން ތިބީ ހަތިޔާރާއެކު ކަމަށާއި، އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

ޑީސީ ފުލުހުން ވަނީ އެސަރަހައްދުން ދެ ބޮމެއް ވެސް ހޯދާފައެވެ. އެކަތި ފެނިފައިވަނީ ޑިމޮކްރަޓިކް ނެޝަނަލް ކޮމިޓީ ހިންގާ ތަނުގެ ބޭރުން އަދި އަނެއް ބޮން ފެނިފައިވަނީ ރިޕަބްލިކަން ނެޝަނަލް ކޮމިޓީ ހިންގާ ތަނުގެ ބޭރުންނެވެ.

ކެޕިޓޮލް ހަމަނުޖެހުމުގައި މިހާތަނަށް 52 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޑީސީގެ ފުލުހުން ބުނެފިއެވެ. ޕޮލިސް ޗީފް ރޮބަރޓް ކޮންޓީ ވިދާޅުވީ 52 މީހުންގެ ތެރެއިން 26 މީހުން ހައްޔަރުކޮށްފައިވަނީ ކެޕިޓޮލް ތެރެއިން ކަމަށެވެ. 4 މީހަކު ހައުްޔަރުކޮށްފައިވަނީ ލައިސަންސް ނެތި ފިސްތޯލު ގެންގުޅުމުންނެވެ. އަދި އެކަކު ހައްޔަރު ކުރީ މަނާ ހަތިޔާރާއެކު ކަމަށް ފުލުހުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް