ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 08:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ
އޭއެފްޕީ
ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ހިފެހެއްޓުން
ޓްރަމްޕްގެ ޓުވިޓަރ އެކައުންޓާއި ފޭސްބުކް އެކައުންޓް ހިފަހައްޓައިފި
 
ސަޕޯޓަރުންނާއި މުޚާތަބު ކުރައްވާ ޕޯސްޓް ކުރި ވީޑިއޯ ވެސް ވަނީ ނަގާފައި
 
ފޭސްބުކް އެކައުންޓް ހިފަހައްޓާފައިވަނީ 24 ގަޑީއިރަށް
 
މުޒަހާރާއާ ގުޅިގެން ކުރެއްވި ތިން ޓްވީޓެއް ޑިލީޓް ނުކުރައްވާހާ ހިނދަކު ޓްވިޓަރ އެކައުންޓް ދޫނުުރާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ޓުވިޓަރ އެކައުންޓާއި ފޭސްބުކް އެކައުންޓް ހިފަހައްޓައިފިއެވެ.

ޓްރަމްޕްގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓް ހިފަހައްޓާފައި މިވަނީ އެމެރިކާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށްބުނެ ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގައި ހަމަނުޖެހުން ހިންގަން ފެށުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓުތަކާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން 12 ގަޑިއިރަށް ޓްވިޓަރ އެކައުންޓް ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. އަދި ޓްރަމްޕު ކުރެއްވި ތިން ޓްވީޓެއް މީހުންނަށް ނުފެންނާނެ ގޮތް ހަދާފައިވާއިރު، އެތިން ޓްވީޓް ޑިލީޓް ނުކުރައްވާހާ ހިނދަކު ޓްވިޓަރ އެކައުންޓް ދޫނުުރާނެ ކަމަށް ޓްވިޓަރއިން ބުނެފައިވެއެވެ.

މީގެ އިތުރުން ޓްވިޓަރގެ ގަވާއިދުތަކާ ޓްރަމްޕު ދެން ޚިލާފު ވެވަޑައިގެންފި ނަމަ ދާއިމަށް އެކައުންޓް ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ޓްވިޓަރއިން ދީފައިވެއެވެ. މިއީ ޓްވިޓަރއިން މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.

އެކައުންޓް ހިފަހައްޓާ މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ ސިވިކް އިންޓެގްރިޓީ ސިޔާސަތާ ތަކުރާރުކޮށް އަދި ވަރަށް ބޮޑަށް ޚިލާފުވެވަޑައިގެންފައި ވާތީއާއި އާންމުންގެ ތެރޭގައި އެކަމާއި މެދު ކަންބޮޑުވުން އުފެދުމާއި ގުޅިގެން ކަމަށް ޓްވިޓަރއިން ބުނެއެވެ.

ފޭސްބުކްއިން ވެސް ޓްރަންޕް އެކައުންޓް 24 ގަޑީއިރަށް ވަނީ ހިފަހައްޓާފައެވެ. އަދި ޓްރަންޕްގެ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވާ ޕޯސްޓް ކުރި ވީޑިއޯ ވެސް ފޭސްބުކްއިން ވަނީ ނަގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް