ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 23:52
މޮޑާނާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން
މޮޑާނާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން
އޭޕީ
އީޔޫ އިން މޮޑާނާގެ ވެކްސިނަށް ހުއްދަދިނުން
އީޔޫ އިން މޮޑާނާގެ ވެކްސިނަށް ހުއްދަދީފި
 
އީޔޫ އިން ވަނީ މިހާރުވެސް މޮޑާނާ ވެކްސިންގެ 80 މިލިއަން ޑޯޒް އޯޑަރު ކޮށްފައި
 
މޮޑާނާގެ ވެކްސިނަކީ އީޔޫ އިން ހުއްދަދިން ދެ ވަނަ ވެކްސިން
 
މޮޑާނާގެ ވެކްސިނަށް ހުއްދަ ދީފައި ވަނީ ބުދަ ދުވަހު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަށް ހުއްދަ ދީފިއެވެ.

ބުދަ ދުވަހު އީޔޫ އިން މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާއި އެކު އެ އިއްތިހާދުގެ 27 ގައުމަށް ކޮވިޑް-19 ގެ ދެ ވަނަ ވެކްސިނެއް ބޭނުން ކުރުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައެވެ.

އެގޮތުން ކޮންޑިޝަނަލް މާކެޓިން އޮތޮރައިޒޭޝަންގެ ދަށުން މޮޑާނާގެ ވެކްސިނަށް އީޔޫ އިން ހުއްދަ ދީފައިވާ އިރު، ދެ ވަނަ ވެކްސިނަކަށް ހުއްދަ ދެވިގެން މި ދިޔައީ ވިލާތުގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ގެ ކޭސްތައް ބޮޑުތަނުން އިތުރުވަމުންދާ ދަނޑިވަޅެއްގައިިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސެލާ ވޮން ޑަރ ލެޔެން ވަނީ މޮޑާނާގެ ވެކްސިނަށް ހުއްދަ ދެވިގެން ދިއުމާއި އެކު އީޔޫގެ ގައުމުތަކަށް ވެކްސިންގެ އިތުރު 160 މިލިއަން ޑޯޒް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ވެކްސިންތައް ލިބިގެންދާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އީޔޫ އިން މިހާރު މޮޑާނާގެ ވެކްސިންގެ 80 މިލިއަން ޑޯޒަށް އޯޑަރު ކޮށްފައިވާ އިރު، އިތުރު 80 މިލިއަން ޑޯޒަށް އޯޑަރު ކުރުމުގެ ފުރުސަތު އެ އިއްތިހާދަށް ލިބޭނެއެވެ.

އީޔޫ އިން އެންމެ ފުރަތަމަ ހުއްދަދިން ވެކްސިނަކަށް ފައިޒަރ އަދި ބައޯއެންޓެކް އިން އުފައްދާފައިވާ ވެކްސިންވެފައިވާއިރު، އީޔޫ އިން ވަނީ މި ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމަކަށް ގޮސްފައެވެ. އެގޮތުން މިހާރު ވެސް ވެކްސިންގެ 200 މިލިއަން ޑޯޒް އޯޑަރު ކޮށްފައިވާއިރު، ބާކީ ހުރި 100 މިލިއަން ޑޯޒް ގަތުމާއި ނުގަތުމުގެ ބާރު އީޔޫ އަށް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް