ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 15:40
ޗައިނާގެ ވުހާން ސިޓީގެ މަގުތަކުގައި ކޮވިޑުގެ ރެންޑަމް ސާމްޕަލް ނަގަނީ - ވުހާނަކީ އެންމެ ފުރަތަމަ ކޮވިޑް ރިޕޯޓުކުރެވުނު ސިޓީ
ޗައިނާގެ ވުހާން ސިޓީގެ މަގުތަކުގައި ކޮވިޑުގެ ރެންޑަމް ސާމްޕަލް ނަގަނީ - ވުހާނަކީ އެންމެ ފުރަތަމަ ކޮވިޑް ރިޕޯޓުކުރެވުނު ސިޓީ
ސީ.އެން.އެން
ޑަބްލިއުއެޗްއޯގެ ޓީމަށް ހުއްދަ ނުދިނުން
ޑަބްލިއުއެޗްއޯގެ ތަޙުޤީޤު ޓީމަށް ޗައިނާއަށް އެތެރެވާން ހުއްދައެއް ނުދިން
 
ޓީމުގައި 12 އާއި 15 ދެމެދުގެ އަދަދަކަށް މީހުން ތިބޭ
 
މި ޓީމުގައި އެކިއެކި ގައުމުތަކުގެ މީހުން ހިމެނޭ
 
ޗައިނާއަށް ދާނެ ހާއްސަ ޓީމެއް ޑަބްލިޔުއެޗްއޯއިން ވަނީ އެކުލަވާލާފައި

ޗައިނާގެ ވުހާން ސިޓީގައި ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެތުރިގެން ދިޔަގޮތް ތަހުޤީޤު ކުރުމަށް އެ ޤައުމަށް ދިޔަ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމަށް ޗައިނާއަށް އެތެރެވުމަށް ހުރަސް އަޅައިފިއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން އެންމެ ފުރަތަމަ ދިމާވީ ވިސާގެ ކްލިއަރެންސް މައްސަލަތަކެކެވެ. އެހެން ނަމަވެސް، ފަހުން ޗައިނާއިން ވަނީ ދަތުރުގެ ތަފްސީލުތަކާއި، ތާރީޚުތައް އަދިވެސް ސާފު ކޮށްދޭން ޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން އެންމެ ފުރަތަމަ ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ޑަބްލިއުއެޗްއޯއަށް ހުއްދަ ދީފައިވަނީވެސް އެތައް ދުވަހެއްގެ މަޝްވަރާއަށްފަހުއެވެ.

އެކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ޓީމަށް ފަހު ވަގުތު ހުއްދަ ނުދިނުމުން ހިތާމަކުރައްވާ ކަމަށާއި، މި ވަގުތުވެސް ޓީމުގެ ދެ މެންބަރަކު ޗައިނާއަށް ދިއުމަށް ދަތުރުވެސް ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް އަވަސް ހައްލެއް ގެނެސްދީ، ޑަބްލިއުއެޗްއޯގެ ޓީމު އެއްކޮށް ޗައިނާއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް އެ ޤައުމުގެ އޮފިޝަލުން ދެމުން ގެންދާކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ މަސައްކަތްތައް ކުރަމުންދާއިރު، އެ ޖަމުޢިއްޔާގެ އިސްނެގުމުގެ މަތިން ކޮވިޑުގެ ހަގީގަތް ހޯދުމަށް ހާއްސަ ޓީމެއް ޗައިނާއަށް ދާން ހަމެޖެހިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާއްސަ މިޝަނުގައި ޗައިނާއަށް ޑަބްލިޔުއެޗްއޯގެ ފަރާތުން ދާ ޓީމުގައި އެކިއެކި ގައުމުތަކުގެ މީހުން ހިމެނޭނެއެވެ.

ޗައިނާއަށް ދާ ޓީމުގައި 12 އާއި 15 ދެމެދުގެ އަދަދަކަށް މީހުން ތިބޭނެއެވެ. އަދި މި ޓީމު ޗައިނާގެ ވޫހާންއަށް ގޮސް ޗައިނާގެ ޓީމުތަކުން އެއްކޮށްފައިވާ ވައިރަހުގެ އިންސާނުންގެ ސާމްޕަލްތަކާއި، ޖަނަވާރުންގެ ސާމްޕަލްތަކުގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ހެކިތައްވެސް ބަލާ ތަޙުޤުޤު ކުރުމަށް އޭރު އޮތީ ހަމަޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި