ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 22:21
އެމެރިކާ މަތިގެ، ޕާކިސްތާނާއި އެމެރިކާގެ ގުޅުން ވަނީ ކިލަނބުވެފައި
އެމެރިކާ މަތިގެ، ޕާކިސްތާނާއި އެމެރިކާގެ ގުޅުން ވަނީ ކިލަނބުވެފައި
ރޮއިޓަރސް
ޕާކިސްތާނު - އެމެރިކާ ގުޅުން
ނޮން ނޭޓޯ ގައުމަކުން ޕާކިސްތާނު ވަކި ކުރަން އެމެރިކާގެ މަޖިލީހަށް ހުށަހަޅައިފި
 
2018 ވަނަ އަހަރު ޑޮނާލްޑް ޓްރަމްޕް ވަނީ ޕާކިސްތާނަށް ދެމުން ގެންދިޔަ އެހީތައް ހުއްޓާލާފައި
 
އެމެރިކާއިން އަންނަނީ ނޮން ނޭޓޯގެ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދީ ސިފައިން ތަމްރީނު ކުރުމަށް ކޮންމެ އަހަރަކުވެސް އެހީތެރިވަމުން

ނޮން ނޭޓޯ ގައުމަކުން ޕާކިސްތާނު ވަކި ކުރުމަށް އެދި އެމެރިކާގެ މަޖިލީހަށް ބިލު ހުށަހަޅައިފިއެވެ.

މި ބިލު ހުށަހަޅާފައިވަނީ ރިޕަބްލިކަން ކޮންގްރެސްގެ އެންޑީ ބިޖްސްއެވެ. މި ބިލް ހުށަހެޅުމަށްފަހު އެންޑީ ވިދާޅުވީ މި ބިލް ހުށަހެޅީ ނޮން ނޭޓޯގެ ބާރެއްގެ ގޮތުގައި އޮވެ ޕާކިސްތާނުން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތްތަކާއި ގުޅުން ބަދަހިކޮށް ޓެރަރިޒަމް އަށް އެއްބާރުލުންޖދޭތީ ކަމަށެވެ.

އެމެރިކާއިން އަންނަނީ ނޮން ނޭޓޯގެ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދީ ސިފައިން ތަމްރީނު ކުރުމަށް ކޮންމެ އަހަރަކުވެސް އެހީތެރިވަމުންނެވެ. އެހެންކަމުން މި އެހީ ކޮންމެ އަހަރަކުވެސް ޕާކިސްތާނަށް ލިބެއެވެ. ނަމަވެސް އެމެރިކާއިން ވަނީ ފަހަކަށް އައިސް ޕާކިސްތާނުން ޓެރަރިޒަމްއަށް އެއްބާރުލުން ދޭކަމަށްބުނެ އިންޒާރު ދީފައެވެ.

ޕާކިސްތާނުން ނޮން ނޭޓޯ ބާރެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަތީ 2004 ވަނަ އަހަރު ބުސްގެ ވެރިކަމުގައެވެ.

އެހެންނަމަވެސް 2018 ވަނަ އަހަރު ޑޮނާލްޑް ޓްރަމްޕް ވަނީ ޕާކިސްތާނަށް ދެމުން ގެންދިޔަ އެހީތައް ހުއްޓާލާފައެވެ. އެއާއިއެކު ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް އެމެރިކާއަށް ފާޑުކިޔައިފައެވެ. އަދި ޕާކިސްތާނުން ބުނީ މިއީ އިންޑިއާ މެދުވެރިޔަކަށް އޮވެ ހިންގި ޖަރީމާއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް