ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:27
އިންޑޮނޭޝިޔާގެ ޖާވާގައި ސިނޯފަރމް ވެކްސިންގެ ފޮށިގަނޑެއް މީހަކު ގުދަނަށް ވައްދަނީ
އިންޑޮނޭޝިޔާގެ ޖާވާގައި ސިނޯފަރމް ވެކްސިންގެ ފޮށިގަނޑެއް މީހަކު ގުދަނަށް ވައްދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑޮނޭޝިޔާގެ ހާލަތު
އިންޑޮނޭޝިޔާގައި އަންނަ ހަފްތާގައި ކޮވިޑް ވެކްސިން ދޭން ފަށަނީ
 
އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1.3 މިލިއަން މީހުން
 
ކުރިޔަށް އޮތް 15 މަސް ދުވަސްތެރޭގައި ވެކްސިން ޖަހާ ނިމޭނެ
 
ވެކްސިން ރައްޔިތުންނަށް ޖަހަނީ ހިލޭ
 
އެގައުމުގެ އެކި ހިސާބުތަކަށް މިހާރުވެސް ވަނީ ވެކްސިންގެ 700،000 ޑޯޒް ބަހާފައި

އިންޑޮނޭޝިޔާގައި އަންނަ ހަފްތާގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާނެކަމަށް އެގައުމުގެ ސީނިއަރ މިނިސްޓަރެއް ވިދާޅުވެއްޖެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ އެކި ހިސާބުތަކަށް މިހާރުވެސް ވަނީ ވެކްސިންގެ 700،000 ޑޯޒް ބަހާފައެވެ. އިންޑޮނޭޝިޔާ އިން މިހާރުވެސް ވަނީ ކޮވިޑް ވެކްސިންގެ 329 މިލިއަން ޑޯޒް އެގައުމަށް ހޯދުމަށް އޯޑަރުކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ ޗައިނާގެ ސިނޯވެކް ވެކްސިނާއި ފައިޒަރ އަދި އެސްޓްރަޒެނިކާގެ ވެކްސިނެވެ. މީގެތެރެއިން ޗައިނާގެ ވެކްސިންގެ ތިން މިލިއަން ޑޯޒް މިހާރުވެސް ވަނީ އިންޑޮނޭޝިޔާއަށް ގެންގޮސްފައެވެ.

އަންނަ ހަފްތާގައި ވެކްސިން ޖެހުމަށް ތައްޔާރުވަމުންދާއިރު ވެކްސިން ރައްޔިތުންނަށް ޖަހަނީ ހިލޭކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. ކުރިޔަށް އޮތް 15 މަސް ދުވަސްތެރޭގައި ވެކްސިން ޖަހާ ނިމޭނެކަމަށް ސަރުކާރުން ބުނެއެވެ. ވެކްސިން ޖެހުމުގެ މިޕްރޮގްރާމަށް 5.3 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުގެ ބައޯ ފަރމް ކުންފުނިން ކޮވިޑަށް އުފައްދަމުން އަންނަ ކޮރޯނާވެކްގެ 714،000 ޑޯޒް އެގައުމުގެ 32 ޕްރޮވިންސަށް ބަހާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ކޮރޯނާވެކްގެ އެންމެ ފަހުގެ ކްލިނިކަލް ޓްރެއަލްގެ ނަތީޖާ ދައްކާގޮތުން އެވެކްސިނަކީ 91.2 އިންސައްތަ ކަމިޔާބު ވެކްސިނެކެވެ. ނަމަވެސް ބްރެޒިލްގެ ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ އެވެކްސިނަކީ 50 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށެވެ.

އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ އެގައުމުގެ އާބާދީގެ 67 އިންސައްތަ މީހުންނަށް ކޮވިޑަށް ހަރޑް އިމިޔުނިޓީ ހޯދުމަށް ވެކްސިން ދޭންޖެހޭ ކަމަށެވެ. އެއީ 181 މިލިއަން މީހުންނެވެ.

އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1.3 މިލިއަން މީހުންނާއި އާންމު ޚިދުމަތްދޭ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް