ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:35
އިނގިރޭސިވިލާތުގައި އެސްޓްރަޒެނިކާގެ ވެކްސިން މީހެއް ގަޔަށް ޖަހަނީ
އިނގިރޭސިވިލާތުގައި އެސްޓްރަޒެނިކާގެ ވެކްސިން މީހެއް ގަޔަށް ޖަހަނީ
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުގައި އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިން ޖަހަން ފަށައިފި
 
އިނިގިރޭސިވިލާތަކީ ހަވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވަމުން އަންނަ ގައުމު
 
އެސްޓްރަޒެނިކާގެ ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވަނީ އުމުރުން 82 އަހަރުގެ ބްރިއަން ޕިންކަރ ކިޔާ މީހަކަށް
 
އައު ވޭރިއަންޓުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުން

އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެއެވެ.

އެގައުމުގައި ހޯމަ ދުވަހު އެސްޓްރަޒެނިކާގެ ވެކްސިން ޖަހަން ފަށާފައިވާއިރު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލްނުވާތީ އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ނިންމަވާފައެވެ.

މިކަމާއި ގުޅޭގޮތުން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ބޮރިސް ވާހަކަފުޅު ދައްކަވާނެއެވެ. ބޮޑުވަޒީރު އޮފީހުގެ ސްޕޯކްސްމަން ބުނީ އައު ވޭރިއަންޓުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ދެން އަޅަންވީ ފިޔަވަޅުތައް ބޮޑުވަޒީރަށް ސާފުކަމަށް ސްޕޯކްސްމަން ބުންޏެވެ.

އެސްޓްރަޒެނިކާގެ ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވަނީ އުމުރުން 82 އަހަރުގެ ބްރިއަން ޕިންކަރ އެވެ. އޭނާ އަކީ ޑަޔަލިސިސް ހަދަމުން އަންނަ މީހެކެވެ.

ވެކްސިން ޖެހުމަށްފަހު އޭނާ ބުނީ އޮކްސްފޯރޑުން އުފެއްދި މިވެކްސިންގެ އެންމެ ފުރަތަމަ ޑޯޒް އޭނާ އަށް ލިބުމުން އެކަމާއި އުފާވެ ފަޚުރުވެރިވާ ކަމަށެވެ.

އިނިގިރޭސިވިލާތަކީ ހަވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވަމުން އަންނަ ގައުމެވެ. އަދި ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އިގްތިޞާދަށް އަސަރު ކުރި ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނެއެވެ.

އިނގިރޭސިވިލާތަކީ ފައިޒަރ އާއި ބައޯއެންޓެކުގެ ވެކްސިންވެސް އެންމެ ފުރަތަމަ ޖަހަން ފެށި ގައުމެވެ. މީގެ މަހެއް ކުރިން އެގައުމުގައި ފައިޒަރގެ ވެކްސިން ޖަހަން ފަށާފައިވާއިރު މިހާރު އަންނަނީ އެވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ސައިންސްވެރިން އަންނަނީ ވެކްސިނު އައު ވޭރިއަންޓާ ދެކޮޅަށް މަސައްކަތްނުކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ލެވެލް 4ށް އަރާފައިވާއިރު މުޅި ގައުމުގެ ހުރިހާ ސްކޫލްތަކެއްވެސް އެއާއެކު ބަންދުވެގެންދާނެއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު އެސްޓްރަޒެނިކާގެ 100 މިލިއަން ޑޯޒް ވަނީ އެގައުމުން ގަނެފައެވެ. އެގައުމުގެ ހަ ހޮސްޕިޓަލެއްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް