ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:37
ފައިޒަރ ވެކްސިން ޖަހަމުންދިޔަ ނަރސިންގ ހޯމްއެއްގެ ތެރެއިން
ފައިޒަރ ވެކްސިން ޖަހަމުންދިޔަ ނަރސިންގ ހޯމްއެއްގެ ތެރެއިން
ރޮއިޓަރސް
ފައިޒަރ ކޮވިޑް ވެކްސިންގެ އިތުރު ޑޯޒްތަކެއް ހޯދަނީ
ފައިޒަރ ވެކްސިންގެ އިތުރު ޑޯޒް ހޯދުމަށް އީޔޫއިން މަޝްވަރާކުރަނީ
 
މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާމެދު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ގޮތެއް ނިންމާނެ
 
މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ޑޯޒް ހޯދުމަށް އަންނަނީ މަޝްވަރާކުރަމުން
 
މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އީޔޫ އަށް ފައިޒަރ ވެކްސިންގެ ލިބޭނީ 300 މިލިއަން ޑޯޒު

ފައިޒަރ އާއި ބައޯއެންޓެކުން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ އިތުރު ޑޯޒް ޔޫރަޕިއަން ޔޫނިއަން(އީޔޫ)ގެ ގައުމުތަކަށް ހޯދުމަށް ޔޫރަޕިއަން ކޮމިޝަނުން އެ ދެ ކުންފުންޏާއެކު މަޝްވަރާކުރަމުންދާ ކަމަށް އީޔޫ އިން ބުނެފިއެވެ.

މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އީޔޫ އަށް ފައިޒަރ ވެކްސިންގެ ލިބޭނީ 300 މިލިއަން ޑޯޒެވެ. ޔޫރަޕިއަން ކޮމިޝަންގެ ސްޕޯކްސްމަން ބުނީ މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ޑޯޒް ހޯދުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.

މިޑީލްގެ ސަބަބުން އީޔޫއިން އެހެން ކުންފުނިތަކާއެކު ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާނެކަމާމެދު ކުރެވުނު ސުވާލަށް ސްޕޯކްސްމަން ޖަވާބު ދީފައެއްނުވެއެވެ. އީޔޫ އިން އަންނަނީ އީޔޫގައި ހިމެނޭ 27 ސްޓޭޓަށް އެއްވަރަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އީޔޫއިން ނޮވެމްބަރ މަހު ފައިޒަރ އާއި ބައޯއެންޓެކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޯޒް ހޯދުމަށް ވަނީ އޯޑަރ ކޮށްފައެވެ. އަދި އަނެއް 100 މިލިއަން ޑޯޒް ގަތުމާއި ނުގަތުމުގެ އިޚުތިޔާރު އެއެއްބަސްވުމުގެ ދަށުން އީޔޫއަށް ލިބިދެއެވެ.

މިހާތަނަށް އައިއިރު އީޔޫއިން ބޭނުންކުރުމުގެ ހުއްދަދީފައިވަނީ ފައިޒަރގެ ވެކްސިނަށެވެ. މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާމެދު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ގޮތެއް ނިންމާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް