ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 12:33
އުސާމާ ނަދީމް ސައްޓި، އޭނާގެ ހަށިގަނޑަށް ހަތް އުންޑަ އަރާފައިވޭ
އުސާމާ ނަދީމް ސައްޓި، އޭނާގެ ހަށިގަނޑަށް ހަތް އުންޑަ އަރާފައިވޭ
ރޮއިޓަރސް
އުސާމާ ނަދީމް ސައްޓިގެ މަރު
ޕާކިސްތާނުގެ ފުލުހުން ބަޑިން ހަމަލާދީ ދަރިވަރަކު މަރާލައިފި
 
މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ
 
ބަޑި ޖެހީ ކާރަށް އުސާމާ މަރާލާކަށް ނޫން - ޕާކިސްތާނު ފުލުހުން

ފުލުހުންގެ އަމުރަށް ނުކިޔަމަންވެ ކާރު ދުއްވިކަމަށް ބުނެ ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބަޑިން ހަމަލާދީ ދަރިވަރަކު މަރާލައިފިއެވެ.

ޕާކިސްތާނުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ތައުލީމު ހާސިލް ކުރަމުން އައި 22 އަހަރުގެ އުސާމާ ނަދީމް ސައްޓި، މަރާލާފައިވަނީ އޭނާގެ އާއިލާ މީހަކާއިއެކު ޔުނިވަރސިޓީއަށް ގޮސްފައި އެނބުރި ގެޔަށްދިޔަ މަގުމަތީގައެވެ.

ޕާކިސްތާނުގެ ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެގައުމުގެ އެންޓި ޓެރަރިސްޓް ސްކޮޑްގެ ފުލުހުންގެ އުސާމާގެ ކާރު ހުއްޓުމަށް ބުނުމުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށާއި، އެހެންކަމުން ފުލުހުން ވަނީ އޭނާގެ ކާރަށް ބަޑި ޖަހާފައި ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ އުސާމާގެ ކާރަށް ބަޑި ޖެހީ ކާރު ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނު ފުލުހުން އުސާމާގެ ކާރަށް ބަޑި ޖަހާފައިވާއިރު އުސާމާ މަރުވީ ބަޑީގެ ހަމަލާތައް އޭނާގެ ގަޔަށް އަމާޒުވުމާއި ގުޅިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަތް އުންޑަ އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ ކުށްވެރިކޮށް ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަދި އުސާމާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ އުސާމާއަކީ އަހުލާގީ އެއްވެސް މައްސަލައެއް ނެތި ކިޔަވަމުން އައި ދަރިވަރެއް ކަމަށާއި، މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ޔުނިވަރސިޓީ އިން ވަނީ ގޮވާލާފައެވެ.

އުސާމާގެ މަރާއި ގުޅިގެން ޕާކިސްތާނުގެ ފުލުހުންގެ އިދާރާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
40%
60%
0%
0%
ކޮމެންޓް