ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 11:46
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ
އޭއެފްޕީ
ކޮވިޑް-19 ޖަޕާނުގެ ހާލަތު
ޓޯކިޔޯގައި ކުއްލި ހާލަތު އިއުލާނު ކުރަން އެބަ ވިސްނަން - ބޮޑުވަޒީރު ސުގާ
 
ޓޯކިޔޯއަކީ އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެނިފައިވާ ސިޓީ
 
ކޮވިޑް-19 ޖެހިގެން ޓޯކިޔޯއިން 600ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
 
ޓޯކިޔޯއިން 62،000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފަ

ޖަޕާނުގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި ގުޅިގެން އެގައުމުގެ ޓޯކިޔޯގައި ކުއްލި ހާލަތު އިއުލާނުކުރުމަށް ވިސްނަވަމުން ދާކަމަށް އެގައުމުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާ މިންވަރު ދާދިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޓޯކިޔޯއަކީ އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެނިފައިވާ ސިޓީއެވެ.

އެގޮތުން ޓޯކިޔޯއިން އެކަނިވެސް މިހާތަނަށް 62،000ށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 2،902 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 101 މީހުންނަކީ ހާލު ދެރަ އަދި ހާލު ސީރިއަސް މީހުންކަމަށް ޓޯކިޔޯގެ މީޑިއާތަށް ބުނެއެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހިގެން ޓޯކިޔޯއިން 600ށް ވުރެ ގިނަ މީހުން މަރުވެފައިވާކަަމަށް ރިޕޯޓު ކޮށްފައިވާއިރު ޖަޕާނުން މިހާތަނަށް 3،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ. އެއީ ކޮވިޑު ޖެހުނު މީހުންގެ އެއް އިންސައްތައެވެ.

ޖުމްލަ 245،416 މީހުންނަށް ކޮވިޑް ޖެހިގެން އެގައުމުން ރިޕޯޓުކޮށްފައިވާއިރު 198،486 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް