ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 04:54
އިނގިރޭސިވިލާތުގެ މަގެއްގެ މަތީގައި މީހަކު ހިނގާފައިދަނީ
އިނގިރޭސިވިލާތުގެ މަގެއްގެ މަތީގައި މީހަކު ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުން ތިން މަސް ދުވަސް ތެރޭގައި 10 މިލިއަން މީހުން ގަޔަށް ވެކްސިން ޖަހަނީ
 
ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 57،725 މީހުންނަށް ކޮވިޑް-19 ޖެހިފައި
 
ބޮރިސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި
 
އައު ވޭރިއަންޓުގެ ސަބަބުން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ޖެހިދާނެކަމަށް ބޮރިސް ވިދާޅުވި

އިނގިރޭސިވިލާތުގައި އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިންގެ 530،000 ޑޯޒް ހޯމަ ދުވަހު ޖެހުމަށް ތައްޔާރުވެފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބޮރިސް ވިދާޅުވީ ދިހަ މިލިއަނަށްވުރެ ގިނަ މީހުންނަށް ކުރިޔަށް އޮތް ތިން މަސް ދުވަސްތެރޭގައި ވެކްސިން ޖެހުމަކީ އަމާޒެއްކަމަށެވެ.

އިނގިރޭސިވިލާތަކީ އެންމެ ފުރަތަމަ ވެކްސިނެއް ޖެހުމަށް ހުއްދަދީގެން ވެކްސިން ޖަހަމުންދާ ގައުމެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 ގެ އައު ވޭރިއަންޓުގެ ސަބަބުން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ޖެހިދާނެކަމަށް ބޮރިސް ވިދާޅުވިއެވެ.

ބޮރިސް ވިދާޅުވީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް ސްކޫލްތަކަކީ ކުދިންނަށް ރައްކާތެރިތަންތަން ކަމަށާއި ސްކޫލްތަކަށް ކުދިން ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތުދޭނެ ކަމަށް ބޮރިސް ވިދާޅުވިއެވެ.

އައު ވޭރިއަންޓާއެކު އިނގިރޭސިވިލާތުގައި ކޭސްތައް ފެންނަ މިންވަރު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެއާއެކު ސަރުކާރަށް މަޖުބޫރުވެފައިވަނީ ލަންޑަންގެ ސްކޫލްތައް އަލުން ހުޅުވުމަށް އެކުލަވާލާފައިވާ ޕްލޭން ކެންސަލްކުރުމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރެމުންދާތީ މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްނުވާތީ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ހޮނިހިރު ދުވަހު އެކަނިވެސް ވަނީ 57،725 މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. އަދި އެގައުމުގައި މިހާތަނަށް އައިއިރު 74،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް