ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 23:39
އެމެރިކާގެ ބީޗެއްގައި މީހުން ހިނގާފައިދަނިކޮށް: އެމެރިކާގެ 4.2 މިލިޔަން މީހުން ގަޔަށް ވަނީ ވެކްސިން ޖަހާފައި
އެމެރިކާގެ ބީޗެއްގައި މީހުން ހިނގާފައިދަނިކޮށް: އެމެރިކާގެ 4.2 މިލިޔަން މީހުން ގަޔަށް ވަނީ ވެކްސިން ޖަހާފައި
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން: އެމެރިކާގެ ހާލަތު
އެމެރިކާގެ 4.2 މިލިޔަން މީހުން ގަޔަށް ވެކްސިން ޖަހައިފި
 
އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 މިލިޔަނަށް އަރާފައި
 
ހޮނިހިރު ދުވަހާ ހަމައަށް ކެއަރ ފެސިލިޓީތަކަށް ދެ މިލިޔަނަށްވުރެ ގިނަ ޑޯޒް ވަނީ ފޯރުކޮށްދީފައި
 
އެމެރިކާގައި ޖަހަމުން އަންނަނީ މޮޑާނާ އާއި ފައިޒަރގެ ވެކްސިން

އެމެރިކާގެ 4.2 މިލިޔަން މީހުން ގަޔަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީން ބުނެފައިވަނީ ހޮނިހިރު ދުވަހާ ހަމައަށް 13 މިލިޔަނަށްވުރެ ގިނަ ވެކްސިން ޑޯޒް އެމެރިކާގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެމެރިކާގައި ޖަހަމުން އަންނަނީ މޮޑާނާ އާއި ފައިޒަރގެ ވެކްސިނެވެ.

ހޮނިހިރު ދުވަހާ ހަމައަށް ކެއަރ ފެސިލިޓީތަކަށް ދެ މިލިޔަނަށްވުރެ ގިނަ ޑޯޒް ވަނީ ފޯރުކޮށްދީފައެވެ. އަދި އެތަންތަނުގައި ތިބި މީހުންގެ ތެރެއިން 282،740 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

އަނެއްކޮޅުން އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 މިލިޔަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 346،925 ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް