ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 23:48
ފައިޒަރއިން ކޮވިޑަށް އުފެއްދި ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ
ފައިޒަރއިން ކޮވިޑަށް އުފެއްދި ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ
ފައިޒަރގެ ވެކްސިން ފޯރުކޮށްދިނުން
އެހެން ވެކްސިންތައް ބޭނުންކުރުމުގެ ހުއްދަ ނުލިބޭތީ ފައިޒަރގެ ވެކްސިނަށް ޑިމާންޑް ބޮޑުވެ ފޯރުކޮށްދިނުމަށް ދަތިތަކެއް
 
ބައޯއެންޓެކުން އަންނަނީ ވެކްސިން އުފައްދާ މިންވަރު ގިނަ ކުރުމަށް މަސައްކަތްކުރަމުން
 
އެމެރިކާއިން ފައިޒަރގެ ވެކްސިންގެ 600 މިލިޔަން ޑޯޒް ހޯދުމަށް ޖުލައި މަހު އޯޑަރުކުރި
 
ޖަރުމަނުގައި ވެކްސިން ފޯރުކޮށްދިނުމަށް ދިމާވި ލަސްތަކާއި ގުޅިގެން ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައި

ޖަރުމަންވިލާތުގެ ބައޯއެންޓެކާއި އެމެރިކާގެ ފައިޒަރ ކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބައޯއެންޓެކުން ބުނެފިއެވެ.

ބައޯއެންޓެކުން ބުނީ ވެކްސިނުގެ ޑޯޒްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަނީ އެހެން ވެކްސިންތަކަށް ހުއްދަ ދިނުމުގައި ލަސްތަކެއް ދިމާވާތީ އެކަން ފޫބައްދަންޖެހޭތީ ކަމަށެވެ.

ފައިޒަރގެ ވެކްސިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ފޯރުކޮށްދިނުމަށް ލަސްތަކެއް ވަނީ ދިމާވެފައެވެ. ބައޯއެންޓެކުން ބުނެފައިވަނީ އެގޮތަށް ކަންތައް ދިމާވެފައިވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލަހުން ދިނުމާ މަދު އަދަދުތަކުން އޯޑަރު ދީފައިވާތީ ކަމަށެވެ.

ޖަރުމަންވިލާތުގައި ވެކްސިން ފޯރުކޮށްދިނުމަށް ދިމާވި ލަސްތަކާ ގުޅިގެން އެކި ހިސާބުތަކުގައި ވަނީ ވެކްސިން ދޭން ފެށުމަށްފަހު ވެކްސިން ދިނުން މެދުކަނޑާލާފައެވެ. އެކަމާ ގުޅިގެން ބައޯއެންޓެކުގެ ސީއީއޯ "ނިއުސް ވީކްލީ" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން މިވަގުތުދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެއީ އެހެން ވެކްސިންތަކަށް ހުއްދަ ނުދޭތީ ވެކްސިން ބޭނުންވާ ގައުމުތަކުން ފައިޒަރގެ ވެކްސިން ހޯދުމަށް އެދެމުންދަތީ އެތަން ފޫބައްދަންޖެހޭތީ ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއިން ފައިޒަރގެ ވެކްސިންގެ 600 މިލިޔަން ޑޯޒް ހޯދުމަށް ޖުލައި މަހު އޯޑަރުކުރިއެވެ. އެހެންނަމަވެސް އީޔޫން ވަނީ ނޮވެމްބަރު މަހާ ހަމައަށް އެމެރިކާއިން އޯޑަރު ކުރި އަދަދުގެ ދެބައިކުޅަ އެއްބައި އަދަދަށްވާ ވަރަށް އޯޑަރުކުރުމަށް މަޑުކޮށްފައެވެ.

ވެކްސިން ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ލަސްތަކާ ހެދި ބައޯއެންޓެކުން އަންނަނީ ވެކްސިން އުފައްދާ މިންވަރު ގިނަ ކުރުމަށް މަސައްކަތްކުރަމުންނެވެ. ބައޯއެންޓެކުގެ ސްޕޯކްސްވުމަން ބުނެފައިވަނީ ޔޫރަޕިއަން ކޮމިޝަނާއެކު ޔޫރަޕުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޔޫރަޕުގެ ތެރެއިން ވެކްސިން އުފެއްދުމަށް ވާހަކަދައްކަމުން އަންނަ ކަމަށެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީން ޖެނުއަރީ މަހު މޮޑާނާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަދޭނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެސްޓްރަޒެނިކާގެ ވެކްސިނަށް ހުއްދަލިބޭނެ ދުވަހެއް އަދި ނޭނގޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް