ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 09:27
އެގައުމުގެ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު
އެގައުމުގެ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު
ސައުދީ ގެޒެޓް
ސައުދީ އަރަބިއްޔާގެ ބޯޑަރު ހުޅުވާލުން
ދެ ހަފްތާއަށްފަހު ސައުދީގެ ބޯޑަރުތައް ހުޅުވާލައިފި
 
އެގައުމުގައި ކޮވިޑް ކޮންޓްރޯލު ކުރުމުގެ ގޮތުން ވެކްސިން ދޭން ވަނީ ފަށާފަ
 
އެގައުމުގެ ބޯޑަރު ބަންދުކޮށްފައިވަނީ ކޮވިޑް-19 ގެ އައު ވޭރިއަންޓެއް ފެނުމާއި ގުޅިގެން

ސައުދީ އަރަބިއްޔާއިން އާދިއްތަ ދުވަހު އިންޓަރނޭޝަނަލް ދަތުރުތައް ކުރުމަށް ނިންމާ ބޯޑަރުތައް އަލުން ހުޅުވާލައިފިއެވެ.

ސައުދީ ގެޒެޓުގައި މި ނިންމުން ޝާއިއުކޮށްފައިވާއިރު ކޮވިޑް-19 ގެ އައު ވޭރިއަންޓެއް ފެނުމާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެގައުމުގައި ކޮވިޑް ކޮންޓްރޯލު ކުރުމުގެ ގޮތުން ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ނިންމާފައިވާ ހުރިހާ ފަރާތްތަކަށް މިހަފްތާ ތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯއެންޓެކް, ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިނަށް ސައުދީ އިިން ހުއްދަދީފައިވާއިރު، އެގައުމުގައި ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވަނީ 17 ޑިސެންބަރުން ފެށިގެންނެވެ.

ސައުދީއަށް މިއަހަރުގެ މެއި މަހުގެ 21 ގެ ނިޔަލަށް ވެކްސިންގެ 3 މިލިއަން ޑޯޒް ފޯރުކޮށް ދިނުމަށް ފައިޒަރ އަދި ބައޯއެންޓެކް އިން ވަނީ އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް