ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 09:08
އިނގިރޭސީވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސީވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ޔޫކޭގެ އިންތިހާބު
އަންނަ އިންތިހާބުގައި ބޮރިސްއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެ
 
ސްކޮޓިޝް ނެޝަނަލް ޕާޓީން ސްކޮޓްލެންޑްގެ 59 ގޮނޑީގެ ތެރެއިން 57 ގޮނޑި ކާމިޔާބު ކުރާނެ
 
އިދިކޮޅު ލޭބަރ ޕާޓީން 282 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ
 
ވޯޓުގެ އިތުރުން ކުރިއަށް ގެންދިޔަ ސަރވޭގައި 22،000 މީހުން ބައިވެރިވި

އިނގިރޭސިވިލާތުގައި ދެން އޮންނަ އިންތިހާބެއްގައި އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ދައްކައިފިއެވެ.

ދާދިފަހުން ނެގި އޮންލައިން ވޯޓަކުން ދައްކާ ގޮތުން 2024 ވަނަ އަހަރު އޮންނަ އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުރުން އެގައުމުގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ވެސް މެޖޯރިޓީ ނުލިބި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

މިއީ މި ފަހުން ހެދިގެން ދިޔަ ދިރާސާއެއްގެ މައްޗަށް ރިއާޔަތްކޮށް ނަގާފައިވާ ވޯޓަކުން ދައްކާ ނަތީޖާއެވެ. މި ސަރވޭގައި 22،000ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައި 4 ހަފްތާއަށެވެ. މި ސަރވޭ ކުރިއަށް ގެންދިޔައީ ޑާޓާ ރިސާރޗް ކުރާ ކުންފުންޏެއް ކަމަށްވާ ފޮކަލް ޑާޓާއިންނެވެ.

ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުން ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީއަށް 81 ގޮނޑި ގެއްލޭނެ ކަމަށް ބެލެވޭއިރު މިއާއެކު އެ ޕާޓީއަށް މެޖޯރިޓީ ގެއްލޭނެކަމަށް ބެލެވެއެވެ. އަދި ކޮންޒަރވޭޓިވް ޕާޓީއަށް ލިބޭނީ 284 ގޮނޑި ކަމަށާއި، މި ނަތީޖާއެކު އިދިކޮޅު ލޭބަރ ޕާޓީއަށް 282 ގޮނޑި ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީގެ އިތުރުން ޔޫކޭއާއި ވަކިވެގަންނަން މަސައްކަތް ކުރާ ސްކޮޓިޝް ނެޝަނަލް ޕާޓީން ސްކޮޓްލެންޑްގެ 59 ގޮނޑީގެ ތެރެއިން 57 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މި ވޯޓުގެ ނަތީޖާތަކުން ދައްކައެވެ. އެހެންވެއްޖެ ނަމަ އެ ޕާޓީން ދެން އަންނަ ސަރުކާރެއް އުފެއްދުމުގައި އިސް ރޯލެއް ކުޅޭނެކަމަށް ބެލެވެއެވެ.

ވޯޓުތަކުން ދައްކާ ގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮވިވަޑައިގެންފައިވާ ލަންޑަންގެ ހުޅަނގު އަކްސްބުރިޖްގެ ގޮނޑި ވެސް ގެއްލުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް