ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 07:13
އަފްޣާނިސްތާނުގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ވޮއިސް އޮފް ގޯރގެ އިސް އެޑިޓަރެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބިސްމިﷲ އާދިލް އައިމަޤް
އަފްޣާނިސްތާނުގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ވޮއިސް އޮފް ގޯރގެ އިސް އެޑިޓަރެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބިސްމިﷲ އާދިލް އައިމަޤް
ބީބީސީ
އަފްޣާނިސްތާނުގައި ނޫސްވެރިންނަށް ދޭ ހަމަލާ
ދެމަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ފަސްވަނަ ނޫސްވެރިޔާ މަރާލައިފި
 
އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބާރު އަޅާ ހިތްވަރުދިނުމުގައި ދެމިތިބޭނެކަމަށް
 
އޭނާ މަރާލާފައިވަނީ ކާރުގައި ގެއަށް ދަނިކޮށް ބަޑިން ދިން ހަމަލާއެއްގައި

އަފްޣާނިސްތާނުގެ ނޫސްވެރިއެއް އަނެއްކާވެސް ހަމަލާދީ މަރާލައިފިއެވެ.

ބައިނަލް އަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ހަމަލާދީ މަރާލި ފަސްވަނަ ނޫސްވެރިޔާއެވެ. ހުކުރު ދުވަހު ބަޑިން ހަމަލާދީ މަރާލާފައިވަނީ، އަފްޣާނިސްތާނުގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ވޮއިސް އޮފް ގޯރގެ އިސް އެޑިޓަރެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބިސްމިﷲ އާދިލް އައިމަޤް އެވެ. އޭނާއަކީ ނޫސްވެރިއެއްގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓެކެވެ.

އޭނާއަށް ހަމަލާދީ މަރާލާފައިވަނީ، ވިލެޖެއްގައި ދިރިއުޅޭ އާއިލާ ބަޔަކާ ބައްދަލުކުރުމަށްފަހު، ދިރިއުޅޭ ގެއަށް ދަތުރުކުރަމުން ދަނިކޮށް އޭނާ ދިރިއުޅޭ ސިޓީންނެވެ. ކާރުގައި ދަތުރު ކުރުމުން ދަނިކޮށް، ބަޑިން ދިން މި ހަމަލާ ދީފައިވަނީ ކޮންބައެއްކަމެއް މިހާތަނަށް ސާފުނުވާ ކަމަށް، ގޯރ ޕްރޮވިންސުގެ ގަވަރުނަރުގެ ނައިބު އާރިފް އަބިރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން މިހާތަނަށް މި ޙަމަލާގެ ޒިންމާ އުފުލައިފައެއް ވެސް ނުވެއެވެ.

ނޫސްވެރިޔާ އައިމަޤް މަރާލުމުން އެކަން ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބާރު އަޅާ ހިތްވަރުދިނުމުގައި ދެމިތިބޭނެކަމަށެވެ. އަދި ޠާލިބާނުންނާއި އެހެނިހެން ނިރުބަވެރި ޖަމާއަތްތަކުން ނޫސްވެރިންނަށް އަމާޒުކޮށް ދޭ ޙަމަލާތަކުން ނޫސްވެރިންގެ އަޑު ކަނޑުވާ ނުލެވޭނެކަމަށް ރައީސް އަޝްރަފް ޣަނީ ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ހަމަލާދީ މަރާލާފައިވާ ނޫސްވެރިންގެ ތެރޭގައި، މިދިއަ ހަފްތާގައި މަރާލި، "ޔޫނިއަން" އިސް އެޑިޓަރު ރަހްމަތުﷲ ނެކްޒަޑް އާއި އޭގެކުރިން މަރާލި، "އެނިކަސް ޓީވީ" އަދި ރޭޑިއޯގެ ނޫސްވެރިޔާ މަލަލާ މައިވަންޑް ހިމެނެއެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ހަމަލާދީ މަރާލާފައިވަނީ، ކުރީގެ މަޝްހޫރު ޓީވީ ޕްރެސެންޓަރ ޔަމާ ސިއަވަޝް އާއި ރޭޑިއޯ ލިބަޓީގެ ރިޕޯޓަރ އިލިޔާސް ދާއީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި