ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 22:47
ތުރުކީވިލާތުގެ ކުރިޣެ ފިނޭންސް މިނިސްޓަރ ބެރާޓް އަލްބޭރާކް
ތުރުކީވިލާތުގެ ކުރިޣެ ފިނޭންސް މިނިސްޓަރ ބެރާޓް އަލްބޭރާކް
ރޮއިޓަރސް
ބެރާޓް އަލްބޭރާކް
އުރުދުއާން އާއިލާ ބޭފުޅަކަށް ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް!
 
އުރުދުއާން ވަނީ މި މައްސަލަ ފެންމަތި ވުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކޮށްފައި
 
ބެރާޓް އަލްބޭރާކްގެ މައްޗަށް މަނީ ލޯންޑަރިންނާއި، ކޮރަޕްޝަން ދިނުމާއި، ނުހައްގުން ފައިސާ ހޯދުމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންގެ އާއިލާ ބޭފުޅެއް ކަމަށްވާ ތުރުކީގެ ކުރީގެ ފިނޭންސް މިނިސްޓަރ ބެރާޓް އަލްބޭރާކްއަށް ކުރެވުނު ކޮރަޕްޝަނުގެ ބޮޑު ތުހުމަތާއިއެކު އުރުދުއާންގެ ލީޑަރޝިޕާއިމެދު ސުވާލު އުފެދޭކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އުރުދުއާންގެ އާއިލާ ބޭފުޅެއް ކަމަށްވާ ތުރުކީގެ ކުރީގެ ފިނޭންސް މިނިސްޓަރ ބެރާޓް އަލްބޭރާކްގެ މައްޗަށް މަނީ ލޯންޑަރިންނާއި، ކޮރަޕްޝަން ދިނުމާއި، ނުހައްގުން ފައިސާ ހޯދުމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އުރުދުއާން ވަނީ މި މައްސަލަ ފެންމަތިވުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކޮށްފައެވެ. އެއާއިއެކު އުރުދުއާންއަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އަދި ތުރުކީގެ އިދިކޮޅު ފަރާތްތަކުން އަންނަނީ އުރުދުއާން ފަދަ މުސްލިމް ލީޑަރެއްގެ ލިޑަރޝިޕާއިމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެފައެވެ.

ތުރުކީގެ ތަހުގީގީ އިދާރާތަކުން ބުނީ ބްރާޓް އަލްބޭރާކްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ 2016 ވަނަ އަހަރު މިއާމީއަށް ގޮސް އުރުދުއާން ޕާޓީގެ އިސްވެރިންނާއި ބައްދަލުކޮށް ސިޔާސީ ކަންކަމަށް ބޮޑެތި އަދަދުން ގޮތް ނޭނގޭ ފައިސާ ބޭނުން ކުރުމަށް ހުށަހެޅި ކަމުގެ ތުހުމަތުތަކެވެ.

ފިނޭންސް މިނިސްޓަރުކަމުން ބެރާޓް އަލްބޭރާ އިސްތިއުފާދީފައި ވާއިރު އޭނާ އިސްތިއުފާ ދިނީ ސިއްހީ ހާލަތު ގޯސްކަމަށް ބުނެއެވެ.

ދާދި ފަހުން އެމެރިކާގެ ޖާސޫސީ އިދާރާ އަކަނުން ނެރުނު ރިޕޯޓެއްގައި ވެސް ބެރާޓް އަލްބޭރާގެ ކޮރަޕްޝަންގެ ވާހަކަތަކެއް ފަޅާއަރުވާލައިފައި ވާއިރު، އެމެރިކާގެ ޖާސޫސީ އިދާރާއިން ނެރުނު ރިޕޯޓްގައި ބުނީ އަލްބޭރާކް އަންނަނީ ޓުރުކީ ވިލާތުގެ ބަޖެޓުން އީރާނުން ހިންގާ ތެޔޮ އެކްސްޗޭންޖް ކުރުމުގެ ޕްރޮގްރާމްއަށް ފަންޑުކުރަމުން ކަމަށެވެ.

މިއިން އެއްވެސް ކަމަކަށް ބްރާޓް އަލްބޭރާ މިހާތަނަށް ދެކޮޅު ހަދާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
67%
0%
33%
0%
0%
ކޮމެންޓް
2 ޖެނުއަރީ 2021 | ހޮނިހިރު 23:20
ހަބީބު.
ތިޔައީ މުސްލިމުން ނިކަމެތި ކުރަން ލާދީނީ ބައިގަނޑު އަބަދުވެސް ކުރާ ތުހުމަތު ސައްދާމްހުސެން މަރާލީ ނިޔުކުލިއަރ ހަތިޔާރު ހުރިކަމައްބުނެ ކޮބާ ހަތިޔާރު ފެނުނު ތީވެސް މުސްލިމުންގެ ހައްގުގަ ވަކާލާތުކުރާ ބޭފުޅަކައްވާތީ ޖަހާ ދަންތޫރަ
ގުޅުންހުރި