ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 11:08
އިންޑިއާގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށުން
އިންޑިއާގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށުން
ޓައިމްސް އޮފް އިންޑިއާ
ކޮވިޑް-19 ވެކްސިން
އިންޑިއާގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ބޮޑު ހަރަކާތެއް ފަށައިފި
 
އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ ކެޕިޓަލްތަކުން މަދުވެގެން ތިން ސައިޓަކުން މީހުންނަށް ވެކްސިން ދޭނެ
 
ކޮންމެ ސެޝަނެއްގައި 25 ހެލްތު ވޯކަރުން ހަރަކާތްތެރިވާނެ
 
މިދިޔަ މަހު 28 އާއި 29 މި ދެ ދުވަހު ވެސް އިންޑިއާގެ ތިން ސްޓޭޓެއްގައި ޓެސްޓް ރަންތައް ބާއްވާފައިވޭ

އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ވެކްސިންގެ ބޮޑު ޑްރައި ރަން އެއް ފަށައިފިއެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ކުރިއަށްގެންދާ މި ޑްރައި ރަންގައި އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ ކެޕިޓަލްތަކުން މަދުވެގެން ތިން ސައިޓަކުން މީހުންނަށް ވެކްސިން ދޭނެ އެވެ. އަދި ބައެއް ސްޓޭޓްތަކުން ފަގީރުން އުޅޭ ކުދި ސަރަހައްދުތަކުގައި ވެސް މީހުންނަށް ވެކްސިން ދޭން ހަމަޖައްސާފައިވާ ކަމަށްވެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތަރު ސްޓޭޓްއަކުން ޑްރައި ރަން ކުރިއަށްގެންދާނެ ސަރަހައްދުތައް ފާހަގަކޮށް އެކަމުގެ ޑީޓެއިލް ޗެކްލިސްޓު މިހާރު ވަނީ ސްޓޭޓްތަކާ ހަވާލުކޮށްފައެވެ. އެގޮތުން ކޮންމެ ސަރަހައްދެއްގައި ވެސް މަދުވެގެން ފަސް ސެޝަން ކުރިއަށްގެންދާނެ ކަމަށާއި ކޮންމެ ސެޝަނެއްގައި 25 ހެލްތު ވޯކަރުން ހަރަކާތްތެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މުޅި އިންޑިއާގައި މިފަދަ ބޮޑު ޑްރައި ރަންއެއް މިއަދު ބާއްވާއިރު މިދިޔަ މަހު 28 އާއި 29 މި ދެ ދުވަހު ވެސް އިންޑިއާގެ ތިން ސްޓޭޓެއްގައި ޓެސްޓް ރަންތައް ބާއްވާފައި ވެއެވެ. އަދި އެ ޓެސްޓު ރަން ގައި އެއްވެސް މައްސަލައެއް ފެންމަތިވެ މިހާތަނަށް ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ޑްރައި ރަންގެ ބޭނުމަކީ ވެކްސިން ދިނުމުގެ ޕްލޭންއާ އެއްގޮތަށް އަމަލުކުރުމާއި، އެކަމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ރަސްމީކޮށް ވެކްސިން ދޭން ފެށުމުގެ ކުރިން ޖެހިދާނެ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރަން ކަމަށް ވެސް ބުންޏެވެ. މީގެ ސަބަބުން ވެކްސިންއާ މެދު އޮތް އިތުބާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ޑްރައި ރަންގައި ވެކްސިން ސްޓޯ ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ކެޕޭސިޓީގެ އިތުރަށް ވެކްސިން ދޭ ސެޝަންތަކުގައި ގައިދުރުކަމާއި އާންމު ސިއްހީ އިރުޝާދުތަކަށް ބޯ ލެނބޭނެ ވަރު ދެނެގަނެ އެކަންކަން ވެސް ރަނގަޅުކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި ވެކްސިން ދިނުމަށް ފަހު ނަތީޖާތަކުގެ ރިޕޯޓެއް ތައްޔާރުކޮށް އިންޑިއާގެ ހެލްތު މިނިސްޓްރީ އާއި ފެމިލީ ވެލްފެއާ އަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
80%
0%
0%
0%
20%
ކޮމެންޓް