ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 20:18
ވިނޯދް ކަންނާ. (މ)
ވިނޯދް ކަންނާ. (މ)
ޓްވިޓަރ
ވިނޯދް ކަންނާ
ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި
 
ވިނޯދް ކަންނާ މަރުވީ އުމުރުން 70 އަހަރުގަ

ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތިދުވަހުގެ ހެނދުނު ވިނޯދް ކަންނާ މަރުވުމާއި ގުޅިގެން "ބާހްބަލީ2"  ޕްރިމިއާ ކުރުން  ކެންސަލް ކޮށްފިއެވެ. މި ފިލްމު އަޅުވަން ހަމަޖައްސާފައި އޮތީ ބުރާސްފަތި ދުވަހުގެ ރޭގަ އވެެ. 

"ބާހްބަލީ2" ނެރުން ކެންސަލް ކޮށްފައިވާކަމަށް ބުނެ އެފިލްމުގެ ޓީމުގައި ހިމެނޭ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު ކަރަން ޖޯހަރު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ "ބާހްބަލީ 2" ނެރުން ކެންސަލް ކުރީ ވިނޯދް ކަންނާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

ވިނޯދް މަރުވީ ބަލިވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަތާ ދުވަސްތަކެއް ފަހުންނެވެ. އޭނާގެ ސީދާ ބައްޔާ ބެހޭ ގޮތުން އާއިލާއިން ވާހަކަ ދައްކަން ބޭނުން ނުވާއިރު  މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިނޯދް ފަރުވާ ހޯދަމުން އައީ ކެންސަރަށެވެ.

ވިނޯދް ކަންނާ މަރުވީ އުމުރުން 70 އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް