ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 16:53
ވިނޯދް ކަންނާ
ވިނޯދް ކަންނާ
އިންޑިއަން އެކްސްޕްރެސް
ވިނޯދް ކަންނާ
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
 
މުބާއީގެ ހޮސްޕިޓަލެއްގައި ވިނޯދު ކަންނާ އެޑްމިޓްކޮށްފައި ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން

ބޮލީވުޑްގެ ސްޕަސްޓާ ވިނޯދް ކަންނާ  އުމުރުން 70 އަހަރުގައި މަރުވެއްޖެއެވެ

ވިނޯދް ކަންނާ މަރުވެފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

ވިނޯދް ކަންނާ އެޑެމިޓް ކޮށްފައި އޮތީ މުމްބާއީގެ ގިރްގާއޮގެ އެޗް އެން ރިލައެންސް ފައުންޑޭޝަން އެންޑް ރިސާޗު ސެންޓަރުގައެވެ. 

ވިނޯދު ކަންކާ އެޑްމިޓްކުރީ ޑިހައިޑްޓޭޓް ވެގެން ކަމަށް އާއިލާ އިން ބުނި ނަމަވެސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ފަހު އޭނާގެ ސިއްޚީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.  މީޑިއާ ތަކުގައި ބުނެފައިވަނީ ވިނޯދް ކަންނާ އެޑްމިޓްކުރީ ކެންސަރުބަލީގައި ކަމަށެވެ.

 އެހެން ނަމަވެސް އޭނާ އެޑްމިޓްކޮށްފައި ވަނީ ސީދާ ކޮން ކަމެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.  މީގެ ކުރިންވެސް ވިނޯދް ކަންނާ މަރުވެފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ސޯޝަލް މީޑިއާގައި ފެތުރި ޚަބަރުތަކަށް ފަހު ވެރިކަންކުރާ ބީޖޭޕީގެ މަގަލާޔާ އޮފީހުގައި ބައެއް އޮފިޝަލުން ވަނީ ހިމޭންކަމުގެ ދެ މިނިޓްގެ ސުކޫތެއް ވެސް ގެނެސްފައެވެ.

މި ހަރަކާތުގެ ވީޑިއޯ އާންމުވެފައިވާ އިރު ބީޖޭޕީން ބުނީ އެ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި މެންބަރުކަން ވެސް ކުރެއްވި ވިނޯދުގެ މަރުގެ ޚަބަރު ސޯޝަލް މީޑިއާގައި ފެތުރުމުން އެ ޕާޓީގެ ބައެއް އޮފިޝަލުން އެކަމުގެ ހަގީގަތް ނުބަލައި ހިތާމާފާޅުކޮށްފައި ވަނީ ވަރަށް ބޮޑު އޮޅުމަކުން ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީން ވަނީ މައާފަށް ވެސް އެދިފައެވެ.

ނަމަވެސް މި ފަހަރު ފެތުރިފައި ވަނީ ސައްޚަ ޚަބަރެއްކަން އިންޑިއާގެ ބޮޑެތި ހުރިހާ ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ވިނޯދް ކަންނާ ވަނީ 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އަދި ވިނޯދަކީ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގައި މެންބަރުކަން ވެސް ކޮށްފައިވާ ޕޮލިޓިޝަނެކެވެ.

ވިނޯދް ކަންނާ އެންމެ ފަހުން ފެނިފައި ވަނީ ޝާހުރުހާން އެކްޓްކޮށްފައިވާ ފިލްމު "ދިވާލޭއިން" ނެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރާ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ. މީގެ އިތުރުން ސަލްމާން ޚާނާ އެކު ކުޅެފައިވާ
"ދަބަންގް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފިލްމެކެވެ. ވިނޯދް ކަންނާއަށް ލިބިފައިވަނީ 4 ދަރިންނެވެ. އެއީ ރާހުލް ކަންނާ އާއި، އަކްޝޭ ކަންނާ، ސަކްޝީ ކަންނާ އަދި ޝްރައްދާ ކަންނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް