ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 05:07
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އިސްރާއީލް އަދި މޮރޮކޯގެ ގުޅުން
ނަތަންޔާހޫގެ ދައުވަތު މޮރޮކޯގެ ރަސްގެފާނަށް!
 
ނަތަންޔާހޫ ވަނީ މޮރޮކޯއިން ގުޅުން ގާއިމު ކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔައިފައި
 
މޮރޮކޯ އަކީ ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސުލްހަ ވުމަށް ނިންމި ހަތަރުވަނަ އަރަބި ގައުމު

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ، އިސްރާއީލަށް ދިޔުމަށް ދައުވަތު ދެއްވައިފިއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ހުކުރު ދުވަހު ނަތަންޔާހޫ، މޮރޮކޯގެ ރަސްގެފާނު މުހައްމަދު ދެވަނައަށް ފޯނުން ގުޅުއްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވާ ކަމަށެވެ. މީގެ އިތުރުން ނަތަންޔާހޫ ވަނީ މޮރޮކޯއިން އިސްރާއީލާއިއެކު ސިޔާސީ ގުޅުން ބަދަހި ކުރުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ދެގައުމުން އެއްގައުމު އަނެއް ގައުމަކަށް ވެދެވެން ހުރި އެހީތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ރަސްގެފާނު މުހައްމަދު ހަވަނައަށް ފަސޭހަފުޅު ވަގުތަކު އިސްރާއީލަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ދައުވަތު އަރުވައިފައެވެ.

އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށް މޮރޮކޯއިން އިޒްރާއީލާއިއެކު ގުޅުން ގާއިމުކުރަން ނިންމާފައިވަނީ މި މަހު ކުރީކޮޅެވެ. މޮރޮކޯގެ ނިންމުމާއެކު އެ ގައުމު ހިމެނިގެން ދިޔައީ ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސުލްހަ ވުމަށް ނިންމި ހަތަރުވަނަ އަރަބި ގައުމަށެވެ.

މޮރޮކޯއިން އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަށް ނިންމުމާއެކު، ދެބަސްވުން އުފެދިފައިވާ ހުޅަނގު ސަހާރާގެ ސަރައްދަކީ މޮރޮކޯގެ ބިމެއް ކަމަށް އެމެރިކާއިން ގަބޫލު ކުރުމަށް އެމެރިކާގެ ރައީސް ވަނީ ނިންމަވާފައެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ބަހްރޭން އާއި ސޫދާނުންވެސް ވަނީ ފާއިތުވެ ދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.

އިޒްރޭލާއެކު އަރަބި ގައުމުތަކުން ގުޅުން ބަދަހި ކުރަމުން ދިއުމާއެކު ފަލްސްތީނުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ