ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 05:09
އީރާނުގެ ރައީސް ހަސަން ރޫހާނީ
އީރާނުގެ ރައީސް ހަސަން ރޫހާނީ
ދި ޓަައިމްސް
އިރާން، އެމެރިކާ އިގްތިސާދީ ހަނގުރާމަ
އީރާނާއި ދެކޮޅަށް ފެށި އިގްތިސާދީ ހަނގުރާމަ ނާކާމިޔާބުވެ، ޓްރަމްޕްގެ ސިޔާސީ ހަޔާތްވެސް ނާކާމިޔާބު ވެއްޖެ – ރޫހާނީ
 
ޓްރަމްޕް ވަނީ އިގްތިސާދީ ގޮތުން އީރާން އިނދަ ޖައްސާލާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައި
 
އީރާނާއި ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާން ކުރެއްވީ ޓްރަމްޕާއި އޭނާގެ ބައިވެރިން ސިޔާސީ ގޮތުން ފައިދާއެއް ހޯދުމަށް - ރޫހާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮމާންޑަރަކަށް ހުރެ، އީރާނާއި ދެކޮޅަށް ފެށި އިގްތިސާދީ ހަނގުރާމަ ނާކާމިޔާބުވެ، ޓްރަމްޕްގެ ސިޔާސީ ހަރަކާތްވެސް ނާކާމިޔާބުވެފައިވާ ކަމަށް އީރާނޫގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ސިނާއީ މަޝްރޫއެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޫހާނީ ވިދާޅުވީ ޓްރަމްޕް އީރާނާއި ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާން ކުރެއްވީ ޓްރަމްޕާއި އޭނާގެ ބައިވެރިން ސިޔާސީ ގޮތުން ފައިދާއެއް ހޯދުމަށް ކަމަށާއި، އެކަމަކު އެކަން ޓްރަމްޕާއި އޭނާގެ ބައިވެރިންނަށް ފެއިލް ވެފައިވާ ކަމަށެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމަނިކުފާނުވަނީ އެމެރިކާއިން ގައުމަކާއި ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅު އީރާނާއި ދެކޮޅަށް އަޅައިފައެވެ. އެގޮތުން ޓްރަމްޕް ވަނީ އިގްތިސާދީ ގޮތުން އީރާން އިނދަ ޖައްސާލާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައެވެ. ނަމަވެސް ޓްރަމްޕް އީރާނާއި ދެކޮޅަށް އެޅި ފިޔަވަޅުތަކާއި އެކުގައިވެސް އީރާނުގެ އިގްތިސާދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއާއިއެކު ޓްރަމްޕްއަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައް 2015 ވަނައަހަރު އީރާނާއެކު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވީ ޓްރަމްޕްގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
100%
ކޮމެންޓް