ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 09:08
ކެނެޑާއިން އޯޑަރ ކޮށްފައިވާ މޮޑާނާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް
ކެނެޑާއިން އޯޑަރ ކޮށްފައިވާ މޮޑާނާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް
ޓްވިޓަރ
ކެނެޑާގެ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް
ވެކްސިނަށް ހުއްދަ ދިންތާ އެއް ދުވަސް ތެރޭ ފުރަތަމަ ޝިޕްމެންޓް ކެނެޑާއަށް ލިބިއްޖެ
 
ކެނެޑާއިން ވަނީ ފައިޒަރ އަދި ބައޯއެންޓެކް ވެކްސިންގެ 20 މިލިއަން ޑޯޒް އޯޑަރ ކޮށްފައި
 
ކެނެޑާއިން އޯޑަރ ކޮށްފައި ވަނީ މޮޑާނާ ވެކްސިންގެ 40 މިލިއަން ޑޯޒް
 
ކެނެޑާއިން ވަނީ މޮޑާނާ އަދި ފައިޒަރ އާއި ބައޯއެންޓެކް އިން އުފައްދާފައިވާ ވެކްސިނަށް ހުއްދަ ދީފައި

ކެނެޑާއިން އޯޑަރ ކޮށްފައިވާ މޮޑާނާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެގައުމަށް ލިބިއްޖެއެވެ.

އެމެރިކާގެ ފާމަސުޓިކަލް ކުންފުނި، މޮޑާނާ އާއި އެގައުމުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު ގުޅިގެން އުފައްދާފައިވާ ވެކްސިނަށް ޑިސެމްބަރ 23 ވަނަ ދުވަހު ކެނެޑާއިން ވަނީ ހުއްދަ ދީފައެވެ.

އެގައުމަށް ލިބުނު މޮޑާނާގެ ފުރަތަމަ ޝިޕްމެންޓަކީ ޑިސެމްބަރ މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ބުނި 168,000 ވެކްސިން ޑޯޒްގެ ތެރެއިން ބައެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުރަތަމަ ޝިޕްމެންޓްގެ ފޮޓޯ އަކާއިއެކު, އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކެނެޑާއިން ވަނީ މޮޑާނާ ވެކްސިންގެ 40 މިލިއަން ޑޯޒް އޯޑަރު ކޮށްފައިކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިއީ ކެނެޑާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދަން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައިވާއިރު، މިވަގުތު ކޭސްތައް އިތުރުވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޖެނުއަރީ މަސް ނިމެންވާ އިރަށް މޮޑާނާ އަދި ފައިޒަރ އާއި ބައޯއެންޓެކްގެ 1.2 މިލިއަން ޑޯޒް ވެކްސިން ކެނެޑާއަށް ލިބޭނެ ކަމަށް ބޮޑުވަޒީރު ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

މޮޑާނާގެ ވެކްސިންގެ އިތުރުން ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނަށް ކެނެޑާއިން ހުއްދަ ދީފައިވާއިރު، އެގައުމުން ވަނީ މި ވެކްސިންގެ 20 މިލިއަން ޑޯޒް އޯޑަރ ކޮށްފައެވެ.

އެހެން ކަމުން ކެނެޑާގެ އަމާޒަކީ މޮޑާނާގެ 40 މިލިއަން ޑޯޒް އާއި ފައިޒަރ ގެ 20 މިލިއަން ޑޯޒް އާއެކު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކެނެޑާގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ޖެހުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް