ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 05:54
އެމެރިކާގައި ކޮވިޑް-19 ވެކްސިން ދެނީ
އެމެރިކާގައި ކޮވިޑް-19 ވެކްސިން ދެނީ
ސީ.އެން.އެން
އެމެރިކާގައި ކޮވިޑް ވެކްސިން ޖެހުން
އެމެރިކާގެ އެއް މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހައިފި، ކޭސްތައް ފެންނަ މިންވަރު މަޑުޖެހުމެއް ނެތް
 
ޑިސެމްބަރ މަހު އެމެރިކާގައި 31 ސްޓޭޓެއްގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައި
 
އަލަށް ކޭސްތައް އިތުރުވަމުން އަންނަ ދެ ސަރަހައްދަކީ ޓެނެސީ އާއި ކެލިފޯނިއާ

އެމެރިކާގައި ކޮވިޑް-19ގެ އައު ސަރޖެއް އައިސްފައިވާއިރު އެގައުމުގެ އެއް މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ވެކްސިން ޖަހައިފިއެވެ.

އަލަށް ކޭސްތައް އިތުރުވަމުން އަންނަ ދެ ސަރަހައްދަކީ ޓެނެސީ އާއި ކެލިފޯނިއާއެވެ. އަނެއްކޮޅުން މިހާރު އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ އައު ސްޓްރެއިން އެމެރިކާގައި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ޓެނެސީގައި ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ކޮންމެ އެއް ލައްކަ މީހަކުން 128 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި ކެލިފޯނިއާ ގައި ކޮންމެ އެއް ލައްކަ މީހަކުން 111 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ.

އަލަށް މިފެންނަ ކޭސްތަކަކީ އެމެރިކާގައި މިފަހުން ކުރިޔަށް ގެންދިޔަ "ތޭންކްސްގިވިން" ގައި ގިނަ މީހުން އެއްތާކަށް އެއްވުމާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ސަބަބުން ފެންނަމުންދާ ކޭސްތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

ޑިސެމްބަރ މަހު އެމެރިކާގައި 31 ސްޓޭޓެއްގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އަންގާރަ ދުވަހު އެކަނިވެސް އެގައުމުގައި 194،600 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަނަށް މިހާރު އަރާފައެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހާ ހަމައަށް އެމެރިކާގެ އެއް މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ.

އެމެރިކާގެ ގިނަ މީހުން ބުނާގޮތުގައި އެމީހުންނަށް ވެކްސިން ޖެހޭވަރުވާނީ އަދި ހަމަސް ދުވަސް ފަހުންނެވެ. އެއީ އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ނަރސިންގ ހޯމްތަކުގައި ތިބި މީހުންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭތީއެވެ.

އެމެރިކާގެ އިންފެކްޝިއަސް ޑިޒީސްގެ ވެރިޔާ ޑރ އެންތޮނީ ފައުޗީ ވަނީ މޮޑާނާގެ ވެކްސިން އަންގާރަ ދުވަހު ޖައްސަވާފައެވެ. މީގެއިތުރުން އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ ހޯމަ ދުވަހު ފައިޒަރގެ ވެކްސިން ޖައްސަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް