ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 04:36
ސިންގަޕޫރުގައި މީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ
ސިންގަޕޫރުގައި މީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ
ރޮއިޓަރސް
ކޮވިޑް-19 ސިންގަޕޫރުގެ ހާލަތު
ކޮރޯނާވައިރަސްގެ އައު ސްޓްރެއިން ސިންގަޕޫރުންވެސް ފެނިއްޖެ
 
އައު ސްޓްރެއިން ފެނިފައިވާ މީހާ އިނގިރޭސިވިލާތުން ސިންގަޕޫރަށް އައިސްފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު
 
ކަރަންޓީނުގައި ތިބި އިތުރު 11 މީހެއްގެ ޕްރިލިމިނަރީ ނަތީޖާ ވަނީ އައު ސްޓްރެއިން އަށް ޕޮޒިޓިވްވެފައި
 
އައު ސްޓްރެއިން ފެނިފައި މިވަނީ ޔޫރަޕުގެ ގައުމުތަކުން ނޮވެމްބަރ މަހުގެ 17 އާއި ޑިސެމްބަރ މަހުގެ 17 އާ ދެމެދު އެގައުމަށް އައި 31 މީހެއްގެ ފުށުން

އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަސްގެ އައު ސްޓްރެއިން ސިންގަޕޫރުންވެސް ފެނިފައިވާކަމަށް އެގައުމުން ބުނެފިއެވެ.

އެކަން ހާމަކޮށް ސިންގަޕޫރުން ބުނީ އައު ސްޓްރެއިން އަށް ޕޮޒިޓިވްވެފައިވާ އެކަކު ފެނިފައިވާކަމަށާއި ކަރަންޓީނުގައި ތިބި އިތުރު 11 މީހެއްގެ ޕްރިލިމިނަރީ ނަތީޖާއިން ދައްކާގޮތުގައި އެމީހުންގެ ނަތީޖާވެސް އައު ސްޓްރެއިން އަށް ޕޮޒިޓިވްކަމަށެވެ.

މި އެންމެންނަކީވެސް ޔޫރަޕުން އައިސްފައިވާ މީހުން ކަމަށް ސިންގަޕޫރުން ބުނެއެވެ. އަދި މިއެންމެންވެސް ތިބީ 14 ދުވަހުގެ ކަރަންޓީނުގައި ކަމަށާއި އެމީހުންނާއި ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތައް މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށް އެގައުމުން ބުނެއެވެ.

އައު ސްޓްރެއިން ފެނިފައި މިވަނީ ޔޫރަޕުގެ ގައުމުތަކުން ނޮވެމްބަރ މަހުގެ 17 އާއި ޑިސެމްބަރ މަހުގެ 17 އާ ދެމެދު ސިންގަޕޫރަށް އައި 31 މީހެއްގެ ފުށުންނެވެ.

ކޮރޯނާވައިރަސްގެ އައު ސްޓްރެއިން ފެނިފައިވާ މީހާ އިނގިރޭސިވިލާތުން ސިންގަޕޫރަށް އައިސްފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އެމީހާ ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. ސިންގަޕޫރަށް އައުމާއެކު އެމީހާ 14 ދުވަހުގެ ކަރަންޓީނުގައި ހުރިއިރު އެމީހާ އާއި ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ހުރިހާ އެންމެންވެސް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޓެސްޓް ކުރިއިރު އެމީހުން ވަނީ ވައިރަސް އަށް ނެގެޓިވްވެފައެވެ.

ސިންގަޕޫރުން ވަނީ އައު ސްޓްރެއިން ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އިނގިރޭސިވިލާތަށް މިފަހުން ދަތުރުކޮށްފައިވާ މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. ސިންގަޕޫރުގައި މިފަހުން ވަނީ ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށްފައެވެ. އެގޮތުން ސިންގަޕޫރުގެ ތެރެއިން ބަލީގެ އައު ކޭސް އެއް ނުފެންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް