ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 15:24
ސަލްމާން ހާން
ސަލްމާން ހާން
ގޫގުލް
ސަލްމާން ހާން
ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި
 
ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމިއްލަ މައުލޫމާތާއި އޭނާ އުޅޭގޮތުގެ ވާހަކަ މިޑިއާތަކަށް ދިން މައްސަލައެއްގައި ތުހުމަތު ކުރެވިގެން

ސިއްރު އަމިއްލަ މައުލޫމާތުތަކެއް އާންމު ކޮށްގެން ފިލްމީތަރި ސަލްމާން ޚާންގެ ތިން ބޮޑީގާޑުން ވަކިކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ ތިން ބޮޑީގާޑުން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމިއްލަ މައުލޫމާތާއި އޭނާ އުޅޭ ގޮތުގެ ވާހަކަ މިޑިއާތަކާ ހިއްސާކުރި މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސަލްމާނަކީ އޭނާގެ މުއައްޒަފުންނަށް އިތުބާރުކުރާ އެމީހުންނަށް ރަނގަޅު މީހެކެވެ. އެހެންކަމުން އޭނާގެ އަމިއްލަ ވާހަކަތައް ވެސް އެމީހުން ތިއްބަސް އޭނާ ދައްކާ ކަމަށްވެއެވެ. އެހެންކަމުން އެމީހުން ވަކިކުރީ ބޮޑީ ގާޑުންނަށް ނޫނީ ނޭނގޭނެ  ވާހަކަތައް އާންމުވާން ފެށުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސަލްމާން ޚާންގެ ތިން ބޮޑީގާޑުން ވަޒީފާއިން ވަކިކޮށްފައިވާއިރު މީގެ ހަފްތާތަކެއްހާ ދުވަސްކުރިން ސަލްމާން ވަނީ އޭނާގެ މެނޭޖަރ ރެޝްމާ ޝޭޓީ ވެސް ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާންގެ މެނޭޖަރު ރޭޝްމާ ޝެޓީ މަގާމުން ވަކި ކުރީ އާއިލީ ބައްދަލުވުންތަކާއި އެނޫން ވެސް ބައްދަލުވުންތައް އިންތިޒާމް ކުރުމުގައި ތަކުރާރުކޮށް އޭނާ ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. އަދި ރޭޝްމާގެ ފަރާތުން ވެސް ބައެއް މައުލޫމާތު މީޑިއާގައި އާންމުވަމުންދާތީ އެވެ.

ސަލްމާން ޚާންގެ ބޮޑީގާޑުންތަކެއް ވަކިކޮށްފައިވާއިރު އެކްޓަރ އާލިއާ ބަޓް ވެސް ވަނީ އޭނާގެ ބޮޑީގާޑުން ވަކިކޮށްފައެވެ. އާލިއާ އޭނާގެ ބޮޑީގާޑު ވަކި ކުރީ ރާބޮއެގެން ކާރު ދުއްވި ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް