ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 20:57
މިޔަރު ޙަމަލާ ދިނުމުގެ ސަބަބުން ޒަޙަމްވި އުމުރުން 37 އަހަރުގެ މާނިއު، އޭނާއަށް އަވަސް ފަރުވާ ދިނުމަށްފަހު، ޅ ނައިފަރު ހޮސްޕިޓަލުގެ ވާރޑަށް ވަނީ ބަދަލު ކުރެވިފައި
މިޔަރު ޙަމަލާ ދިނުމުގެ ސަބަބުން ޒަޙަމްވި އުމުރުން 37 އަހަރުގެ މާނިއު، އޭނާއަށް އަވަސް ފަރުވާ ދިނުމަށްފަހު، ޅ ނައިފަރު ހޮސްޕިޓަލުގެ ވާރޑަށް ވަނީ ބަދަލު ކުރެވިފައި
ރާއްޖެއެމްވީ
މަސްވެރިއަކަށް މިޔަރެއް ޙަމަލާ ދިނުން
7 ފޫޓުގެ މިޔަރެއްގެ ޝިކާރައަށްވީ ދޮށީގައި ކުއްލިއަކަށް ކަންނެއްޔެއް ގަތުމުން، ކޯސްޓްގާރޑަށް ޚާއްސަ ޝުކުރެއް
 
މާ ލަސްތަކެއްނުވެ އެމްއެންޑީއެފުން އައިސް އެހީވެދިން
 
މިޔަރު ހަފާފައި ހުރި ތަންތަންވެސް މިހާރު ވަނީ ފަހާފައި
 
އާއިލާއިން ވަގުތުން ލޯންޗެއްވެސް ތައްޔާރީ ޙާލަތަށް ގެނައި

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެކެވެ. ޅ ނައިފަރު މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވާ "ޒިކުރާ" ދޯނި 13 ވަރަކަށް ފަޅުވެރިންނާއެކު ނުކުމެ އުޅުނީ މަސްވެރިކަމުގައެވެ. އާދައިގެ ގޮތަކަށް ދުވަސް ހިނގަމުން ގޮސް، ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު، ކުއްލި ގޮތަކަށް ދޯނީގެ ފަޅުވެރިންނަށް ދިމާވީ ބިރުވެރި ޙާދިސާއެކެވެ. ދޯނީގެ ފަޅުވެރިއެއް ކަމަށްވާ އުމުރުން 37 އަހަރުގެ މާނިއުއަށް މިޔަރެއްގެ ޙަމަލާއެއް ކުރިމަތިވެ، އޭނާ އަވަސް ފަރުވާއަށް ގެންދަން ޖެހުނީ ހަމަ ކުއްލި ގޮތަކަށެވެ.

އެ ދޯނީގެ ފަޅުވެރިއެއް ވަނީ "ރާއްޖެއެމްވީ" އަށް އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި މަސް ބާނަން އުޅެނިކޮށް މާނިއުގެ ދޮށީގައި ކުއްލިއަކަށް ގަތީ މާސިންގާ ބޮޑު ކަންނެއްޔެކެވެ. އަދި ކުއްލިއަކަށް ކަންވާރަށް ވާން ވުމުގެ ސަބަބުން އޭނާ "އޯފް-ބެލެންސް"ވެ، ކައްސާލައިގެން މޫދަށް ވެއްޓުނީ ކަމަށް އޭނާ ކިޔައިދިނެވެ.

ދޯނިން މައުލޫމާތުދިން ފަޅުވެރިޔާ ބުނި ގޮތުގައި މޫދަށް ވެއްޓުމާއެކު، މާނިއުއަށް އަމާޒުވީ މިޔަރުގެ ޙަމަލާއެކެވެ. ގާތްގަނޑަކަށް 7 ފޫޓު ހުންނަ މި މިޔަރު މާނިއުގެ ފައިގައި ދަތް އެޅުމަށްފަހު، ދޫކޮށްލި ކަމަށް ފަޅުވެރިޔާ ބުންޏެވެ. އަދި އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލަސް ސްޕީޑެއްގައި ދުއްވަމުން ދިޔަ ދޯނިވެސް ފަހަތަށް ޖައްސާލުމަށްފަހު، މާނިއު ދޯންޏަށް ނެގި ކަމަށް ފަޅުވެރިޔާ މައުލޫމާތު ދިނެވެ. އަދި އެ ދޭތެރޭގައި މިނެޓެއްހާ ވަގުތުވެސް ހޭދަ ނުވާނެ ކަމަށް ފަޅުވެރިޔާ މައުލޫމާތު ދެއެވެ.

ކަންނެލި ގަތް ވަގުތު ދޮށީގައި އިންނަ ރިޒާވް ބުޅި އަތަށް ހެރި، ކަންވާރަށް ވާން ވެގެން މޫދަށް ވެއްޓުނީ، މޫދަށް ވެއްޓުނު ގަޑީގައި އޭނާ ފައިގައި މިޔަރު ހިފާފައި އިނީ، މިޔަރަކީ ވަރަށް ބޮޑު މިޔަރެއް، ގާތްގަނޑަކަށް 7 ފޫޓު ހުންނާނެ، ދަތް އެޅި ގޮތަށް މިޔަރު އޭނާ ދޫކޮށްލައިފި، ދޯނިވެސް އެގަޑީ ދުއްވަމުން ދިޔައީ ވަރަށް މަޑުން، އެގަޑީ ދޯނި ހަމަ ފަހަތަށް ޖަހާފައި ވަގުތުން އޭނަ ނަގައިފިން، އެ ދޭތެރޭގައި ގާތްގަނޑަކަށް މިނެޓެއްހާ ވަގުތުވެސް ނުދާނެ،
ޒިކުރާ ދޯނިން މައުލޫމާތުދިން ފަޅުވެރިއެއް

ފަޅުވެރިޔާ މައުލޫމާތު ދިން ގޮތުގައި މާނިއުގެ ފަޔަށް ވަރަށް ބޮޑު އިންޖަރީއެއް ވިއެވެ. އެގޮތުން ފައިގެ މައި ނާރަށްވެސް ގެއްލުން ވެފައިވާ ކަމަށް ފުރަތަމަ ހީކުރެވުނު ކަމަށް އެ މަންޒަރު ސިފަ ކޮށްދެމުން އޭނާ ބުންޏެވެ. އެހެން ނަމަވެސް، އެމްއެންޑީއެފްގެ އެހީގައި މާނިއު ޅ ނައިފަރު ހޮސްޕިޓަލަށް ގެންގޮސް، އަވަސް ފަރުވާ ދިނުމަށްފަހު، މިޔަރު ހަފާފައި ހުރި ތަންތަންވެސް މިހާރު ވަނީ ފަހާފައެވެ. އަދި ﷲ ގެ އިރާދަފުޅުން ފައިގެ މައި ނާރަށް ބޮޑު އިންޖަރީއެއް ވެފައި ނުވާކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.

މާނިއުގެ ފަޔަށް ލިބުނު ގެއްލުންތަކަށް ފަރުވާ ދީފައި
ފުދޭވަރަކަށް ބޮޑު އިންޖަރީއެއްވި، އެހެން ނަމަވެސް، މިހާރު އޮތީ ހަލާކުވި ތަން ފަހައިގެން ނެރިފައި ވާރޑުގައި ބާއްވާފައި، އޭނާގެ ޙާލު އިރާދު ކުރެއްވިއްޔާ މިހާރު އަނެއްހެން ރަނގަޅު،
ޒިކުރާ ދޯނިން މައުލޫމާތުދިން ފަޅުވެރިއެއް

ފަޅުވެރިޔާ ބުނި ގޮތުގައި މި މުޅި ޙާދިސާއާ ގުޅިގެން ކޯސްޓްގާރޑުން އެޅި އަވަސް ފިޔަވަޅުތަކަށް ދޯނީގެ ފަޅުވެރިންވެސް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވެއެވެ. އެގޮތުން ދޯނި އޮތީ ދުރު ހިސާބެއްގައި ކަމަށްވެފައި، ކޯސްޓްގާރޑަށް ގުޅައި، 5 ވަރަކަށް މިނެޓް ތެރޭގައި ދަތުރު ފެށި ކަމަށް ޖަވާބު ލިބުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. އަދި މާ ލަސްތަކެއްނުވެ އެމްއެންޑީއެފުން އައިސް، މާނިއު އަވަސް ފަރުވާއަށް ގެންދިއުމުގައި އެހީތެރިކަން ފޯރު ކޮށްދިންކަން ފާހަގަކޮށް ފަޅުވެރިޔާ ބުނީ، ގޯސްޓްގާރޑުގެ އުޅަނދު ގާތްގަނޑަކަށް 11:15 ހާއިރު ޅ ނައިފަރު ބަނދަރާ ގާތް ކުރެވުނު ކަމަށެވެ.

އަހަރުމެން ވަރަށް ހިތްހަމަޖެހިފައި މި ތިބީ، އެހާ ކުޑަ ވަގުތުކޮޅެއް، އަވަސް މުއްދަތެއްގެ ތެރޭގައި އަހަރުމެންނަށް އެހީތެރިކަން ފޯރުކޮށްދިނީތީ،
ޒިކުރާ ދޯނިން މައުލޫމާތުދިން ފަޅުވެރިއެއް

މި ޙާދިސާ ހިނގުމާއެކު ނައިފަރުގައި ތިބި މާނިއުގެ އާއިލާއަށްވެސް އެ ޚަބަރު ފޯރުކޮށްދިނެވެ. އެހިސާބުން އާއިލާއިންވެސް ކުއްލި ޙާލަތެއްގައި މާލެ ދާން ޖެހިދާނެ ކަމަށް ބަލައި، ވަގުތުން ލޯންޗެއްވެސް ތައްޔާރީ ޙާލަތަށް ގެނައެވެ. އެހެން ނަމަވެސް، އެހިސާބަށް ނުގޮސް، މާނިއުއަށް އަވަސް ފަރުވާ ލިބިގެން ދިއުން ވެގެން ދިޔައީ ދޯނީގެ ފަޅުވެރިންނާއި އާއިލާއަށްވެސް ލިބިގެން ދިޔަ ހިތްހަމަޖެހުމަކަށެވެ.

ދޯނިން މައުލޫމާތު ދިން ފަޅުވެރިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުއޮޅިތަކުގައި މިޔަރު ގިނަ ވުމުގެ ސަބަބުން މަސްވެރިންނަށް އެކިކަހަލަ ދަތިތައް މިހާރަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވެއެވެ. އަދި އެން ދެމުމާއި، އެކި މަސްވެރިކަމުގައި އުޅޭއިރުވެސް، މިޔަރުގެ ޙަމަލާތައް ލިބޭ މިންވަރު އިތުރުވާކަން ފާހަގަ ކުރިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
2%
14%
76%
4%
2%
3%
ކޮމެންޓް
29 ޑިސެންބަރ 2020 | އަންގާރަ 08:16
ބޯހަލާކު
ތިޔޮއް ސުރުޚީ އަށް ސަލާމް.ތިޔަ ފަށުވި ލިޔުމަށް ވެސް😀
25 ޑިސެންބަރ 2020 | ހުކުރު 01:24
މައިނާ
ކަނޑުއޮޅިތަކުގައި މަސްވެރިންނަށް އެކިގެއްލުން ލިބޭތީ ތަންކޮޅެއް މިޔަރު ގިނަވޭ.
24 ޑިސެންބަރ 2020 | ބުރާސްފަތި 23:20
ސާމީ
މިޔަރު ނު ބާނާ ވާކަށްނެތް ހުރިހާ ކަނޑުއޮޅިތަށްވެސް ހަލާކުވެއްޖެ ވަދުނަނުގަ ލައްޓިޔެއް ނު ބެވޭ މިޔަރު އުނދަގުލާހުރެ ލައްޓި ގަނނައިރަށް ހުނަނަނީ 5 ވަރަކަށްމިޔަރު އަޅުވާފަ އަނނަގޮތަށް ބައެތްފަހަރު ބޮށްކުރަޔައްވެސް އަރާ ގެސްޓުންނަށްވެސް ރަށުންފެށިގެން 15 މޭލު ބޭރު 400 މީޓަރު އަޑީގަ ހުންނަމިޔަރު މާސްކު އަޅައިގެން ބަލާނެ ގޮތެތް ނުވިސްނެ މިޔަރު އެ ބަ ބާނަން ޖެހޭ ނޫންނަމަ މިގައުމުގެ ނިކަމެތި އެތަށް ބަޔަކު ނުކުޅެދޭ މީހުންނަށްވެދާނެ