ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 06:04
ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ
ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ
ރޮއިޓަރސް
ޕާކިސްތާނު، އިސްރާއީލް ގުޅުން
ޕާކިސްތާނަކީ އިސްރާއިލާއި ގުޅުން އުފައްދާނެ ގައުމެއް ނޫން – ގުރައިޝީ
 
ޕާކިސްތާނުގެ ނިންމުމާއި ގުޅިގެން ގަލްފު ބައެއް ގައުމުތަކުގެ ފިއްތުންތައް ޕާކިސްތާނަށް ވަނީ އަމާޒުވެފައި
 
އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް ބައެއް އިސްލާމީ ގައުމުތަކުން ވަނީ އެދިފައި

ޕާކިސްތާނުން އިޒްރޭލާ ގުޅުން ބަދަހި ނުކުރާނެ ކަމަށާއި، އެއަށްވުރެ އިސްލާމީ ވަންތަކަން ޕާކިސްތާނަށް މުހިންމު ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ގުރައިޝީ ވިދާޅުވީ، އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް ބައެއް އިސްލާމީ ގައުމުތަކުން އެދިފައިވާކަމަށާއި، އެކަމަކު ޕާކިސްތާނުން ފަލަސްތީނުގެ ހައްގުތަކަށް ނުބަލައި އިސްރާއީލާއި ގުޅުން ބަދަހި ކުރެވެން ނެތް ކަމަށް ވާނީ އެގައުމުތަކަށް އަންގައިފައި ކަމަށެވެ. އެކަމަކު ޕާކިސްތާނުގެ މި ނިންމުމާއި ގުޅިގެން ގަލްފު ބައެއް ގައުމުތަކުގެ ފިއްތުންތައް ޕާކިސްތާނަށް އަންނަމުންދާ ކަމަށް ގުރައިޝީ ވިދާޅުވިއެވެ.

ގުރައިޝީ އިތުރަށް ވިދާޅުވީ ޕާކިސްތާނުން އިސްރާއީލާއިއެކު ގުޅުން ބަދަހިކުރާނީ ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައްދީ، އަރަބި އިސްރާއީލު ހަނގުރާމައިގައި އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި، އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އެފެއްދުމުގެ ފުރުސަތު ދިނުމުން ކަމަށެވެ.

އިޒްރޭލާ ގުޅުން ގާއިމް ކުރުމަށް ޕާކިސްތާނަށް ބާރު އަޅަނީ ކޮންކޮން ގައުމުތަކަކުންކަން ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމުގައި އިސް ދައުރެއް އަދާކުރަނީ ސައޫދީ އާއި ޔޫއޭއީ އިން ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އިޒްރޭލާ ގުޅުން ގާއިމްކުރުމަށް އިސްލާމީ އެހެން ގައުމުތަކަށް ބާރުއަޅަނީ އެދެގައުމުގައި ހިންގާ އާއިލީ ވިރާސީ ރަސްކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައި ކަމަށް މުސްލިމު ބައެއް ގައުމުތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށް، އެންމެ ފަހުން އިޒްރޭލާ ގުޅުން ގާއިމް ކުރީ މޮރޮކޯއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
100%
0%
ކޮމެންޓް